Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

ޒުވާނުންގެ ދުވަހަށް ފައިސަލް ކުޅުދުއްފުއްޓަށް

ނައިބު ރައީސް ފައިސަލް ނަސީމް ކުޅުދުއްފުއްޓަށާއި ހދ. ނޮޅިވަރަމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.

މި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަ ވާނީ، ކުޅުދުއްފުއްޓަށެވެ. އެ ސިޓީ އަށް ވަޑައިގެން މި އަހަރުގެ ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހުގެ ފާހަގަކުރުމަށް ބާއްވާ ޖަލްސާ ޝަރަފުވެރި ކޮށްދެއްވާނެ އެވެ. އަދި ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހާ ގުޅިގެން ބާއްވާ ކުޅުދުއްފުށީގައި ބާއްވާ މައުރަޒު ހުޅުވައިދެއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ.

މީގެ އިތުރުން ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރައްވައި ސިޓީގެ ރީޖަނަލް ހޮސްޕިޓަލަށް ވެސް ނައިބު ރައީސް ޒިޔާރަތްކުރައްވާނެ އެވެ.

މި ދަތުރުފުޅުގައި ނޮޅިވަރަމަށް ވަޑައިގެން އެ ރަށުގެ ކައުންސިލާއި މުއައްސަސާތަކުގެ ވެރިންނާ ވެސް ބައްދަލު ކުރައްވައި އަދި އެރަށު ސްކޫލާއި ސިއްހީ މަރުކަޒަށް ވެސް ފައިސަލް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވެއެވެ.