Last Updated: May 2, 10:25
Thursday, May 2, 2024
މުނިފޫހިފިލުވުން

ފަރީގެ "ހިއްސު" މިހާރު ބަލާލެވޭނެ

ރާއްޖޭގެ ބަތަލާ ފާތުމަތު (ފަރީލާ) ފަރީ ޕްރޮޑިއުސްކުރި ވެބް ސީރީޒް "ހިއްސު" ބައިސްކޯފުން ސްޓްރީމްކުރަން ފަށައިފި އެވެ.

މި ސީރަކީޒަކީ އޭނަގެ ކުރީގެ ފިރިމީހާ އަދި މަޝްހޫރު އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ ސްކްރޫންޕްލޭއަކަށް އިސްމާއީލް ޝަފީފް ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. ކްރައިމް ސަންސްޕެންސް ޖޯންރާ އަށް ހަދާފައިވާ "ހިއްސު" ގެ ކާސްޓްގައި އިބްރާހީމް ޖިހާދު (ޖިމީ) އާއި މުހައްމަދު ރިފްޝާން ރިިއްޕެ) އާއި އަލަށް ތައާރަފުވި ފާތުމަތު ސުޖާނާ އާއި ޖާދޫގަރެއްގެ ގޮތުގައި ދިވެހިންގެ ތެރޭގައި މަޝްހޫރުވި ރާފިއު މުހައްމަދު (ރިއްޕެ) ހިމެނެ އެވެ.

"ހިއްސު" އަކީ ފަރީ އާއި ޓްވެންޓީ ފޯ އެންޓަޓެއިންމަންޓްސް އާއި ޔޫއްޕެ ޕްރޮޑަކްޝަންގެ އިތުރުން މާސްކޭ ސްޓޫޑިއޯ ގުޅިގެން ހަދާފައިވާ އެއްޗެކެވެ. މީގެ ޑައިރެކްޓަރު ޝަފީގަކީ ކާމިޔާބު ފިލްމުތަކެއް ކުރިން ޕްރޮޑިއުސްކޮށްފައިވާ މީހެކެވެ. އޭގެ ތެރޭގައި "ދައުވަތު"، "ބައިވެރިޔާ" އަދި "ނޯޓީ 40" އާއި އޭގެ ސީކްއެލް "40 ޕްލަސް" ހިމެނެ އެވެ.

ނެށުންތެރިއެއްގެ ގޮތުގައި ވެސް މަޝްހޫރު ފަރީ، 37، ވެބް ސީރީޒެއް ޕްރޮޑިއުސްކޮށް އާންމުންނަށް ދޫކޮށްލި އިރު، އޭނަ އަކީ މިހާރު ފިލްމުތަކާއި ސީރީޒްތަކުން ވަރަށް މަދުން ނޫނީ ނުފެންނަ ބަތަލާއެކެވެ. ފަރީ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ވާ ލޯބި އެނގޭ ނަމަ"، "ހެޔޮނުވާނެ"، "އަނިޔާ"، "އިންސާނާ" އަދި "ވީ ބޭވަފާ" ހިމެނެ އެވެ.