މ. ދިއްގަރު އަދި ތ. ގާދިއްފުށި ލޯކަލް ކައުންސިލް ބައި-އިލެކްޝަންގެ ވޯޓުލުން ފެށިގެން ކުރިއަށްދާކަމަށް އިލްކެޝަންސް ކޮމިޝަނުން ބުނެފިއެވެ.
ގާދިއްފުށި އަދި ދިއްގަރު ކައުންސިލް ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށްދަނީ ހެނދުނު 08:00 އިން ފެށިގެން ހަވީރު 16:00 އާ ހަމައަށެވެ.
މިބައި-އިލެކްޝަންތަކުގެ ތެރެއިން ދިއްގަރުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށް ވޯޓުލެވެނީ 733 މީހުންނަށެވެ. ތ. ގާދިއްފުށީގައި ބަހައްޓާފައިވާ ވޯޓޫ ފޮއްޓަށް ވޯޓު ލެވެނީ 218 މީހުންނަށެވެ. އަދި މި ދެރަށު ރައްޔިތުން ވޯޓު ލުމަށް މާލޭގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށް ވޯޓުލެވެނީ 586 މީހުންނަށެވެ.
ދިއްގަރު ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރަނީ ދެ ކެނޑިޑޭޓުންނެވެ. އެއީ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ އަބްދުﷲ އާރިފް، އާނިރު، މ.ދިއްގަރު އަދި ޕީޕީއެމް ޓިކެޓްގައި ވާދަކުރާ އަބްދުލްހަންނާން އަހުމަދު، އަސްމަހި، ކ.މާލެއެވެ.
ގާދިއްފުށި ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރަނީ ތިން ކެނޑިޑޭޓުންނެވެ. އެއީ ޕީޕީއެމް ޓިކެޓްގައި ވާދަކުރާ ޙައްވާ އަބްދުލްހާދީ، ރަނަރުވާލި، ތ.ގާދިއްފުށި، އެމްޑީޕީ ޓިކެޓްގައި ވާދަކުރާ ޒުލައިޚާ އަހުމަދު، ސިޕްރާ، ތ.ގާދިއްފުށި އަދި އެމްއާރްއެމް ޓިކެޓްގައި ވާދަކުރާ ފާޠިމަތު މަލްދާ، ދަފްތަރު ނަންބަރު ދރ 2899، މާލެއެވެ.