Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

"ސަވާދީއްތަ ދަތުރު" ދޭއް ލޯންޗްކޮށްފި

ލޯކަލް ޓޫރިޒަމަށް ހާއްސަކޮށްގެން މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން "ސަވާދީއްތަ ދަތުރު" ގެ ނަމުގައި ބާއްވާ ޔޮޓް ރެލީގެ ދެވަނަ އެޑިޝަން ލޯންޗުކޮށްފި އެވެ.

ދެވަނަ އެޑިޝަން ލޯންޗްކުރީ މިހާރު ކުރިއަށްދާ މި އަހަރުގެ "މޯލްޑިވްސް މެރިން އެކްސްޕޯ" ގެ ތެރެއިން އިއްޔެ އެވެ. އެ ލޯންޗުކޮށްދެއްވީ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނާއި އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދެވެ.

ރާއިދު ވިދާޅުވީ "ސަވާދީއްތަ ދަތުރު" އަކީ ޓޫރިޒަމް ދާއިރާ ބަަލައިގެންފައިވާ މުހިންމު ކަމެއް ކަމަށާއިު އަންނަ އަހަރު ބާއްވާ ޔޮޓް ރެލީ ކުރިއަށް ދާނީ މާޗް 1-13 އަށް ކަމަށެވެ. އެގޮތުން ޔޮޓުތައް ދަތުރުކުރަން ހަމަޖެހިފައިވަނީ ނ. އަތޮޅުން ފެށިގެން އަރިއަތޮޅުގެ ރަށްތަކަށެވެ. އެގޮތުން ނ. އަތޮޅުން އަރިއަތޮޅާ ހަމައަށް މީހުން ދިރިއުޅޭ 9 ރަށަކަށާއި ދެ ފަޅުރަކަށް ޔޮޓުތައް ދަތުރުކުރަން ހަމަޖެހިފައިވެ އެވެ.

ރާއިދު ވިދާޅުވީ މާޗްގައި ދަތުރު ބާއްވަން ނިންމީ މޫސުމަށް ބަލާފައި ކަމަށާއި އެ މަހަކީ މޫސުމީ ކަންކަަމަށް ބަލާއިރު އެންމެ ގިނަ ޔޮޓްތައް ރާއްޖެއަށް ބަނދަރު ކުރާ މުއްދަތު ވެސް ކަމަށެވެ.

ރާއިދު ވިދާޅުވީ ފަޅު ރަށްތަކަށް ދަނީ ކޭމްޕްކުރާ ގޮތަށް ކަމަށާއި ފުރަތަމަ އެޑިޝަނާ އެއްއޮތަށް "ސަވާދީއްތަ ދަތުރު" ގެ ގާލާ ނައިޓް ބާއްވާނީ ރިސޯޓެއްގައި ކަމަށެވެ.

މީގެ ފުރަތަމަ އެޑިޝަން މި އަހަރުގެ ފެބްރުއަރީ މަހުހެ ކުރީކޮޅު ބޭއްވި އިރު، ޔޮޓްތައް ދަތުރުކުރީ ހއ. އަތޮޅުން ނ. އަތޮޅާ ހަމައަށެވެ.