Last Updated: July 28, 13:59
Tuesday, July 28, 2026
ޚަބަރު

ބޭރުގެ ދެ މަސްބޯޓެއް އަތުލައިގެންފި

ގަވައިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ ދެ ބޯޓެއް އަތުލައިގެންފިއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ މި ދެބޯޓު އަތުލައިގަނެފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީ ކުރަމުންދިޔަ ޕެޓްރޯލެއްގެ ތެރެއިން މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.

މި ދެ ބޯޓު އަތުލައިގަތީ ދިވެހިރާއްޖޭގެ ހާއްސަ އިޤްތިސާދީ ކަނޑުގެ ސަރަޙައްދުގައި ޤަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ކަމަށް ޝައްކުކުރެވިގެން ކަމަށްވެސް އެމްއެންޑީއެފްއިން މައުލޫމާތު ދީފައިވެއެވެ.

އެހެންނަމަވެސް މި ދެބޯޓަކީ ކޮން ގައުމަކަށް ނިސްބަތްވާ ބޯޓުތަކެއް ކަމެއް، އަދި އޭގައި ތިބި މީހުންގެ އަދަދެއްވެސް އެމްއެންޑީއެފްއިން އަދި ހާމަކޮށްފައެއްނުވެއެވެ.