Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

ބައި-އިލެކްޝަންތަކެއް ލިބުމަކީ ކާމިޔާބީއެއް

އިއްޔެ ބޭއްވި ދެ ރަށެއްގެ ކައުންސިލްގެ ބައި-އިލެކްޝަންތަކެއް އެމްޑީޕީގެ ކެންޑިޑޭޓުންތަކަކަށް ކާމިޔާބުވުމަކީ އެ ޕާޓީ އަށް ލިބުނު ކާމިޔާބީއެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މ، ދިއްގަރާއި ތ. ގާދިއްފުށީ ކައުންސިލްގެ ބައި-އިލެކްޝަން ކާމިޔާބުކުރި ދެ މީހުންނަށް މަރުހަބާ ވިދާޅުވެ، ރައީސް ކުރެއްވި ޓްވީޓެއްގައި ވަނީ އެ މީހުންގެ ކެމްޕޭން ޓީމަށް ވެސް މަރުހަބާ އާއި ޝުކުރު ދަންނަވައިފަ އެވެ.

އިއްޔެ ބޭއްވި ބައި-އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓް ޒުލައިހާ އަހުމަދު ކާމިޔާބުކުރީ އިތުރު ދެ ކެންޑިޑޭޓަކާ ވާދަކުރައްވަ އެވެ. އެއީ ޕީޕީއެމާއި އެމްއާރްއެމްގެ ކެންޑިޑޭޓެވެ. އިންތިހާބުގައި ޒުލޭހާ އަށް 210 ވޯޓް ލިބުނެވެ. ޕީޕީއެމްގެ ކެންޑިޑޭޓް ހައްވާ އަބްދުލްހާދީ އަށް 201 ވޯޓް ލިބުނު އިރު، އެމްއާރްއެމްގެ ކެންޑިޑޭޓް ފާޠިމަތު މަލްދާ އަށް ލިބުނީ ހަތަރު ވޯޓެވެ.

ދިއްގަރުގެ ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ އާރިފް ކާމިޔާބުކުރީ ޕީޕީއެމްގެ ކެންޑިޑޭޓަކާ ވާދަކޮށްގެންނެވެ. އެގޮތުން އޭނަ އަށް ވަނީ 375 ވޯޓު ލިބުނު އިރު، ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުލްހަންނާނަށް ލިބުނީ 325 ވޯޓެވެ.