Last Updated: April 25, 17:49
Thursday, April 25, 2024
ދުނިޔެ

މަހުޖަނު ޖުންޖުންވާލާ މަރުވެއްޖެ

މިދިޔަ މަހު ވައިގެ ހިދުމަތަށް ނުކުތް އިންޑިއާގެ އާ އެއާލައިންސް، "އަކާސާ އެއާ" ގެ ވެރިޔާ އިންޑިއާގެ މަޝްހޫރު މަހުޖަނު ރާކޭޝް ޖުންޖުންވާލާ މިއަދު މަރުވެއްޖެ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 62 އަހަރުގެ ވިޔަފާވެރިޔާ މަރުވީ މިއަދުގެ ވަރަށް ފަތިހުގެ ވަގުތެއްގައި ކުއްލި ހާޓްއެޓޭކެއް ޖެހިގެން މުމްބާއީގެ ބްރީޗް ކޭންޑީ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށެވެ. ޖުންޖުންވާލާގެ މަރާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިތުރުން އެ ގައުމުގެ ނުފޫޒު ގަދަ އެތައް ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކުރަމުންނެވެ.

މިލްކިއްޔާތު 5.5 ބިލިއަން ޑޮލަރަށް އަރާ ޖުންޖުންވާލާ އަކީ އިންޑިއާގައި 36 ވަނަ އަށ އެންމެ މުއްސަނދި މީހާ އެވެ.

އާންމުންގެ ތެރޭގައި ޖުންޖުންވާލާ މަޝްހޫރުވެފައި ވަނީ "ބިގް ބުލް އޮފް ދަލާލު ސްޓްރީޓް" ގެ ނަމުގަ އެވެ.

ހައިދަރުއާބާދާ އަށް އުފަން އަދި ތިން ކުދިންގެ ބައްޕަ ޖުންޖުންވާލާގެ "އަކާސާ އެއާ" ރަސްމީކޮށް ވައިގެ ދަތުރުފަތުރުގެ ހިދުމަތަށް ނުކުތީ މި މަހުގެ 7 ގަ އެވެ.،