މާލޭގެ މަޖީދީ މަގުގައި ޕާކްކުރުން މަނާކޮށްފި އެވެ.
ވެރިރަށުގެ އެންމެ މައި އެއްމަގު އަދި އެންމެ ކާރޫބާރޫ ބޮޑުގެ އެއްވެސް ހިސާބެއްގައި ވެހިކަލްތައް ޕާކްކުރުން މަނާކޮށް، މަގުގެ ދެ ފަރާތުގައި ވަނީ ޕާކްކުރުން މަނާކަން އަންގައިދޭ ރޮނގު ވެސް ދަމައިފަ އެވެ. އަދި "ނޯ ޕާކިން" ކޯންތައް ވެސް ބަހައްޓާފައިވެ އެވެ.
މަޖީދީ މަގުގައި ޕާކްކުރުން މާލެ ސިޓީ ކައުންސިލުން ކައުންސިލުން މަނާކުރި އިރު، އެ މަގުގެ ޓްރެފިކް ނިޝާންތައް ރަނގަޅު ކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. މާލޭގެ މަޖީދީ މަގަކީ މާލޭގެ އެންމެ ގިނަ ފިހާރަތައް ވެސް ހުންނަ މަގެވެ.
މަޖީދީމަގު ހީނާމާގެ ޕާކިންޒޯންއިން އިތުރުކުރެވުނު ބައިގާ ގާއެތުރުން pic.twitter.com/5wshJBcEzc
— Male' City Council (@MaleCitymv) August 10, 2022
މާލޭގައި މިނީ ބަހުގެ ހިދުމަތް ދޭން އެމްޓީސީސީން ތައްޔާރުވަމުން އަންނާތީ އެކަމަށް މަގު ތައްޔާރުކުރުމުގެ ގޮތުން ވާން ޖެހޭ ތައްޔާރީތައް ވެސް މިހާރު އަންނަނީ ކުރަމުންނެވެ.