Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

އޮކްޓޯބަރު 3 ބަންދު

މި އަހަރުގެ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސައިފި އެވެ.

އެގޮތަށް ހަމަޖެއްސީ ރާއްޖޭގެ ޓޫރިޒަމަށް މި އަހަރު 50 އަހަރު ފުރޭތީ އެކަން ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކަށެވެ. ރާއްޖޭގެ ޓޫރިޒަމް ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ރާއްޖޭގެ ފުރަތަމަ ރިސޯޓް ހުޅުވި ކުރުނބާ މޯލްޑިވްސް ހުޅުވި ދުވަސްކަމަށްވާ އޮކްޓޯބަރު 3، 1972 އާ ގުޅުވައިގެންނެވެ.

އެ ތާރީހު ރާއްޖޭގެ ޓޫރިޒަމް ދުވަހުގެ ގޮތުގައި ކަނޑައެޅީ މިދިޔަ އަހަރު އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މި އަހަރުގެ އޮކްޓޯބަރު 3 ސަރުކާރު ބަންދު ދުވަހަކަށް ހަމަޖެއްސީ އިއްޔެ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރުމަށް ފަހު އެވެ.