Last Updated: August 18, 06:20
Monday, August 18, 2025
ޚަބަރު

ސިޓީ ލޮޖް ޖަންކްޝަން ދިމާ ރަނގަޅުކޮށްފި

ސ. ފޭދޫ ލިންކް ރޯޑުން އެންމެ ބޮޑަށް ފެންބޮޑުވާ ސަރަހައްދު ކަމަށްވާ ފޭދޫ ސިޓީ ލޮޖް ގެސްޓް ހައުސް އާ ދިމާލުގައި އިން ޖަންކްޝަން ސާފުކޮށް، މޫދަށް ފެން ބޭރުވާ ގޮތް ހެދުމުގެ މަސައްކަތް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އިން ފަށައިފި އެވެ.

އެ މަސައްކަތް އިއްޔެ އާއި މިއަދު ވެސް އެމްއާރްޑީސީގެ އައްޑޫ ޔުނިޓްގެ މުވައްޒަފުން ވަނީ ކޮށްފަ އެވެ. އެގޮތުން ވާރޭ ވެހި ފެންބޮޑުވެފައިވާ ސަރަހައްދުން ފެން ބޭރުވާ ގޮތަަށް ހަދައި އެ ސަރަހައްދަށް ވެލި އަޅައި އެއްވަރުކޮށް، ޖަންކްޝަން ވަރަށް ބޮޑަށް ސާފުކޮށްފައިވެ އެވެ.

DSC07972

ވާރޭ ވެހިއްޖެ ނަމަ މި ދިމާލަކީ ބޮޑު ސިންގާ ކަނޑެއްހެން ބޮޑު ފެންގަނޑެއް އާންމުކޮށް ހެދި، ހިނގާ މީހުންނާއި ދުއްޗާ އެއްޗިއްސަށް ވެސް ވަރަށް ބޮޑަށް ދަތިވާ ސަރަހައްދެކެވެ.