Last Updated: April 18, 06:09
Thursday, April 18, 2024
ޚަބަރު

ޝެއިހް ސަމީރުގެ ދަރުހެއް އައްޑޫގައި

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އަހުމަދު ސަމީރުގެ ދަރުހެއް އަންނަ ހުކުރު ދުވަހުގެ ރޭ އައްޑޫގައި ބާއްވަން ހަމަޖެހިއްޖެ އެވެ.

މި ދަރުސް އޮންނާނީ ހުޅުމީދޫގަ އެވެ. އެގޮތުން ދަރުސް ބާއްވަން ހަމަޖެހިފައި ވަނީ ހުޅުމީދޫ ޕޮލިސް ދަނޑުގަ އެވެ. "ހަޔާތުގެ މަގުސަދު" ގެ ނަމުގައި ބާއްވާ ދަރުސް ފަށާނީ ހުކުރު ދުވަހުގެ ރޭ 8:15 ގަ އެވެ.

މި ދަރުހަކީ އައްޑޫ ސިޓީ ކައުންސިލާއި ދެ ޖަމިއްޔާއެއް ގުޅިގެން ބާއްވާ ދަރުހެކެވެ. މި ދަރުހުގެ ވާހަކަ ސޯޝަލް މީޑިއާގއި ހިއްސާކުރައްވައި މީދޫ ކައުންސިލަރު އައިމިނަތު ސާލިހާ ވަނީ ވީހާ ވެސް ގިނަ ބަޔަކު ދަރުހުގައި ބައިވެރިވާން އެދިވަޑައިގެންފަ އެވެ.