Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

ދީނަށް ފުރައްސާރަކުރުމަކީ މުރުތައްދުވުމުގެ އަމަލެއް

އިސްލާމް ދީނަށް ފުރައްސާރަކުރުމަކީ މުރުތައްދުވުމުގެ އަމަލެއް ކަމަށް ޝެއިހް އަހުމަދު ސަމީރު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މި ފަހަކަށް އައިސް އިސްލާމް ދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކުރުމުގެ އިތުރަށް ދީނުގައި ހަރާމްކޮށްފައިވާ ފާހިޝް އަމަލުތައް ހިންގުން އިތުރުވުމާއި އެފަދަ ކަންކަމަށް ހިތްވަރުދޭ ގޮތަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުންދާތީ ކަންބޮޑުވުން ފާޅުކޮށް، ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ސަމީރު ވިދާޅުވީ މުރުތައްދުވުމަކީ އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައަޅުއްވާފައިވާ ކުށެއް ކަމަށެވެ.

"އިސްލާމީ ޝަރީޢަތުގައި ޙައްދު ނުވަތަ ޤިޞާޞް ކަނޑައަޅުއްވާފައިވާ ކުށްތަކަށް ދަޢުވާކުރަން ވާނީ ޤާނޫނުލް ޢުޤޫބާތުގެ 1205 ވަނަ މާއްދާގެ ދަށުންނެވެ." ސަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދީނަށް ފުރައްސާރަމުންދާކަން ޝަރުޢީ ހަމަތަކުގެ މަތިން ސާބިތުވުމާ އެކީ ވެސް އެ މީހަކު އެގޮތުގައި ވީއްލިފައި ހުރުމަކީ ފަރުދުންނާއި މުޖުތަމަ ޢަށް ވެސް އޮތް ބޮޑުވެގެންވާ ނުރައްކަލެއްކަން ކަށަވަރު ކަމަށެވެ.