Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

ހިޔާ ފްލެޓް ސަރަހައްދަށް ޔޫތު ސެންޓަރެއް

ގިނަ ބަޔަކު މިހާރު ދިރިއުޅެމުން އަންނަ ހުޅުމާލޭ ފޭސް ދޭއްގެ ހިޔާ ފްލެޓް ސަރަހައްދުގައި "ހުޅުމާލެ އެކްޓިވިޓީ ސެންޓަރު" ގެ ނަމުގައި ޔޫތު ސެންޓަރެއް ހަދައިފި އެވެ.

އެ ފްލެޓްތަކުގައި އުޅޭ ޒުވާނުންނަށް ހާއްސަކޮށްގެން ހެދި ޔޫތު ސެންޓަރު ހުންނަނީ ހިޔާ ޓަވަރު 10 ގަ އެވެ. މިއީ ޔޫތު މިނިސްޓްރީ އާއި އެޗްޑީސީ ގުޅިގެން ހަދާފައިވާ ތަނެކެވެ. އެތަނުގައި ދެ ޖިންސްގެ ޒުވާނުންގެ އިތުރުން ކުޑަކުދިންނާއި އަދި އެހެން މީހުންނަށް ވެސް ތަފާތު އެކި އިންޑޯ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމު ހަމަޖައްސާފައިވެ އެވެ.

އެގޮތުން ޓޭބަލް ޓޮޕް ފުޓުބޯޅަ އާއި ޓޭބަލް ޓެނިހާއި ކެރަމް ފަދަ ކުޅިވަރުތައ ކުޅެވޭނެ ވަސީލަތްތައް ބަހައްޓާފައިވެ އެވެ.

ހިޔާ ފްލެޓް ސަރަހައްދުގައި ހެދި ޔޫތު ސެންޓަރު ހުޅުވަން މިރޭ ހާއްސަ ރަސްމިއްޔާތެއް ބާއްވަން ވަނީ ނިންމައިފަ އެވެ. އެ އިވެންޓް އޮންނާނީ މިރޭ 8:15 ގަ އެވެ. އޭގެ ފަހުން މި ރެއިން ފެށިގެން އެތަން އާންމުންނަށް ބޭނުން ކުރެވޭނެ އެވެ.