Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު

އައްޑޫން ޓޫރިޒަމަށް އިތުރު 23 ބިމެއް ދޫކޮށްފި

އައްޑޫސިޓީގެ ޓޫރިޒަމް ޒޯނުތަކުގައި ގެސްޓްހައުސް އަދި ޓޫރިސްޓް ހޮޓާ ތަރައްޤީ ކުރުމަށް ކަނޑައެޅިފައިވާ ކުލީ ބިންތައް ކާމިޔާބުކުރި ފަރާތްތަކާއެކު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

އައްޑޫ ސިޓީ ކައުންސިލްގައި ބޭއްވި ރަސްމިއްޔާތުގައި ހަވާލުކޮށްފައިވަނީ 23 ބިމެކެވެ. އެއީ ހިތަދޫ ޒޯންއިން 6 ބިން، ފޭދޫ ޒޯންއިން 2 ބިން އަދި ހުޅުދޫ ޒޯންއިން 8 ބިމަކާއި މީދޫ ޓޫރިޒަމް ޒޯނުން 7 ބިމެކެވެ.

މިއަދު ހަވާލުވި ބިންތަކުގެ ތަފްސީލެއް ކައުންސިލުން ހާމަކޮށްފައެއް ނުވެ އެވެ.

އައްޑޫން މީގެކުރިން ވަނީ ޓޫރިޒަމަށް 3000 އަކަފޫޓުގެ 5 ބިން، 5000 އަކަފޫޓުގެ އެއް ބިން އަދި 2400 އަކަފޫޓުގެ ދެ ބިން ދޫކޮށްފަ އެވެ.