މާލޭގައި ރޭ މާރާމާރީއެއް ހިންގައި ބަޔަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނެފައިވަނީ މާލެ ހިތަށްފިނިވާ މަގުގައި މާރާމާރިއެއް ހިނގާފައިވާކަމުގެ މައުލޫމާތު ރޭ 21:12 ގައި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މި މާރާމާރީގައި އަނިޔާވި ދެ މީހަކު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ފުލުހުން ބުނެފައިވަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މިމައްސަލައާ ގުޅިގެން ބަޔަކު ހައްޔަރުކުރި ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.