މިއަދު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އައި ފްލައިޓަކުން މުދާ ބާލަނިކޮށް އެމްއޭސީލްގެ މުވައްޒަފަކަށް އަނިޔާވެއްޖެ އެވެ.
މި ހާދިސާގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވެސް އާންމުވެފައިވެ އެވެ. އެ ފޮޓޯތަކުގައި ފެންނަނީ ދުބާއީން އައި އީކޭ ބޯޓުން މުދާތަކެއް ބާލަނިކޮށް ލޯޑަ މެޝިނުގެ މަތިން ކުޑަވަރެއްގެ ކޮންޓެއިނަރެއް ވެއްޓިފައިވާ ތަނެވެ.

އެނގިފައިވާ ގޮތުގައި އަނިޔާވެފައި ވަނީ އެ ވަގުތު އޭގެ ކައިރީގައި ހުރި މުވައްޒަފެކެވެ. ނަމަވެސް އޭނަ އަށް ލިބުނު ގެއްލުމުގެ ތަފުސީލެއް އަދި ސާފެއް ނުވާ އިރު، އޭނާ އަށް މިހާރު އަންނަނީ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ.
މިކަމާ ބެހޭ ގޮތުން އެމްއޭސީއެލް އިން ބުނީ ހާދިސާ ހިނގައި ދިޔަ ގޮތް ބަލަމުން އަންނަ ކަމަށެވެ.