Last Updated: June 11, 17:05
Thursday, June 11, 2026
ޚަބަރު

ތިލަމާލެ ބްރިޖް ޕްލެޓްފޯމެއް ފަރަށް އަރައިފި

ފޮޓޯ: އަވަސް

ތިލަމާލެ ބްރިޖްއަޅާ ޕްލެޓްފޯމެއް ފަރަށް އަރާ ބަޔަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނެފައިވަނީ ތިލަމާލެ ބްރިޖް އެޅުމަށް ބޭނުންކުރާ ޕްލެޓްފޯމެއް ފަރަށް އަރާފައިވާކަމަށް ވިލިމާލެ ފުލުހުންނަށް 14:25 ހާއިރު ފާހަގަކުރެވިގެން ފުލުހުން އެޓެންޑް ވެފައިވާ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ މިހާދިސާގައި ތިން މީހަކަށް އަނިޔާވެގެން ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އެއްވެސް މީހަކަށް ބޮޑުއަނިޔާއެއް ލިބިފައިވާ ކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މިހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.