Last Updated: April 23, 21:11
Tuesday, April 23, 2024
ދުނިޔެ

ބައިޑެންގެ އަނބިކަނބަލުން ކޮވިޑަށް ޕޮޒިޓިވް

އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ އަނބިކަނބަލުން، ޖިލް ބައިޑެން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ވައިޓްހައުސް އިން ބުނީ ޖިލް ބައިޑެން ކޮވިޑަށް ޕޮޒިޓިވްވިއިރު ބަލީގެ އަލާމަތްތައް ފެންނަނީ ވަރަށް ކުޑަކޮށް ކަމަށެވެ. އަދި ފަސް ދުވަހުގެ މުއްދަތަކަށް އައިސޮލޭޝަނުގައި ހުންނަވާނެ ކަމަށްވެސް ވައިޓް ހައުސް އިން ބުނެ އެވެ.

ޖިލް ބައިޑެން ކޮވިޑް ޖެހުނުއިރު ވެކްސިންގެ ޑޯޒުތައް ހުރީ ފުރިހަމަކޮށްފައި ކަމަށްވެސް ބުނެފައިވެ އެވެ.

މީގެކުރިން ޖޯ ބައިޑެން ވެސް ކޮވިޑަށް ޕޮޒިޓިވް ވިއިރު އަނބިކަނބަލުން ޕޮޒިޓިވްވުމާ ގުޅިގެން މިއަދު ހެނދުނު ބައިޑެން ވެސް ވަނީ ބައްޔަށް ޓެސްޓުކޮށްފަ އެވެ. އެ ޓެސްޓުގެ ނަތީޖާ ބައްޔަށް ނެގެޓިވް ކަމަށް ދައްކާފައިވާ ކަމަށް ވައިޓްހައުސް އިން ބުނެ އެވެ.

އެމެރިކާ އިން ކޮވިޑްގެ 89 މިލިއަން ކޭސް މިހާތަނަށް ފެނިފައިވާއިރު މި ބަލީގައި އެގައުމުން ވަނީ މިލިއަނެއްހާ މީހުން މަރުވެފަ އެވެ.