Last Updated: April 16, 11:51
Tuesday, April 16, 2024
ޚަބަރު

ލޮތާރި ސްޓްރީޓް: ރޭގެ ދެ މެޗު ވެސް އެއްވަރު

އައްޑޫ މީދޫ "ލޮތާރި ސްޓްރީޓް 3-ދަ ރިވޭމްޕް" ގައި ރޭ ކުޅުނު ދެ މެޗުވެސް އެއްވަރުވެއްޖެ އެވެ.

ރޭގެ ފުރަތަމަ މެޗުގައި ގައުމު އެފްސީ އާއި މައިލޯ ސިޓީ އެފްސީ ބައްދަލުކުރި މެޗު ނިމިގެން ދިޔައީ 1-1 ގެ ނަތީޖާއަކުން މެޗު އެއްވަރުވެގެންނެވެ.

ދެވަނަ މެޗުގައި އެފްސީ ޒެފިއަރ އާއި ދަ ކްރޯސް ބައްދަލުކުރި މެޗު ގޯލެއް ނުޖެހި ނިމިފައިވާއިރު، މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ވަނީ ފެނިގެން ގޮސްފަ އެވެ.

ގައުމު އެފްސީ އާއި މައިލޯ ސިޓީ އެފްސީ ބައްދަލުކުރި މެޗުގެ މޭން އޮފް ދަ މެޗަކަށް މައިލޯ ސިޓީ އެފްސީގެ މުހައްމަދު ރަފާހު ހޮވާފައިވާއިރު، އެފްސީ ޒެފިއަރ އާއި ކްރޯސް ބައްދަލުކުރި މެޗުގެ މޭން އޮފް ދަ މެޗަކަށް އެފްސީ ޒެފިއަރގެ އީމާން ނަޒީރު ވަނީ ހޮވައިފަ އެވެ.

"ލޮތާރި ސްޓްރީޓް 3-ދަ ރިވޭމްޕް" ގެ ދެން އޮތް މެޗުގައި ކުޅޭނީ އެފްސީ އަފިރިން އާއި އެފްސީ އަޚުން އަދި އެފްސީ އުސްގަނޑަ އާއި މީދޫ ވެޓެރަންސް އެވެ.

މި މުބާރާތް ކުޅެމުންދަނީ މީދޫ ފުޓްސަލް ދަނޑުގަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000ރ. ގެ ފާއިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ އިރު، ރަނައަޕަށް 10،000ރ. ލިބޭނެ އެވެ.

މުބާރާތުގެ ފައިނަލް މި މަހުހެ 31 ގައި ކުޅެން ހަމަޖެހިފައި އިރު، މިއީ މީދޫގައި ބޭއްވޭ އެންމެ ބޮޑު އެއް މުބާރާތްކަން ފާހަގަކޮށްލެވެ އެވެ.