Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

އަދާލަތަށް ފުރުސަތު އޮތީ ބަރުލަމާނީން: އިމްރާން

ރާއްޖޭގެ ސިޔާސީ މަސްރަހުގައި އަދާލަތު ޕާޓީ އަށް ފުރުސަތުތައް އެންމެ ފަހިވާނީ ބަރުލަމާނީ ނިޒާމަކުން ކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއޖެ އެވެ.

އެމްޑީޕީފެ ރައީސް މުހައްމަފު ނަޝީދު މިހާރު ރާއްޖޭގެ ވެރިލަމުގެ ނިޒާމު ބަރިލަނާނީ ފުރޮޅާލަން ވަކާލަތުކުރައްވަމުން ގެންދަވާ އިރުޖ ސިޔާސީ ދާއިރާގެ ގިނަ ބަޔަކު އެކަމަށް ތާއީދެއް ނެތްކަން ހާމަކުރަމުން އަންނަނިކޮށް އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދާލަތަށް ރަނގަޅީ ބަރުލަމާނީ ނިޒާމެއް ކަމަށް ވިޔަސް އެ ޕާޓީ ވިސްނާނީ ގައުމުގެ މަސްލަހަތަށް ކަމަށެވެ.

"ރާއްޖޭގެ ސިޔާސީ މަސްރަހުގައި އަދާލަތު ޕާޓީ އަށް ފުރުސަތުތައް އެންމެ ފަހިވާނީ ބަރުލަމާނީ ނިޒާމެއްގައި،" އިމްރާން ވިދާޅުވި އެވެ."ގައުމީ މަސްލަހަތަށް ވުރެ ޕާޓީގެ މަސްލަހަތު އިސްކުރާކަށް އަދާލަތު ޕާޓީގެ އެއްވެސް މެމްބަރަކު ނުރުހޭނެކަން އަޅުގަނޑަށް ޔަގީން."

ބަރުލަމާނީ ނިޒާމަކަށް މަސައްކަތް ފައްޓަވައި ނަޝީދު ވަނީ އެމްޑީޕީގެ ކޮންގްރެސް އަށް ވެސް ހުށަހަޅުއްވައިފަ އެވެ. ނަމަވެސް އެކަމަށް ތާއީދެއް ނެތްކަން ހާމަކުރައްވައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ އެ ގަރާރު އަނބުރާ ގެންދަވަން އެދިވަޑައިގެންފަ އެވެ.

ރައީސްގެ އިތުރުން ރާއްޖޭގެ ގިނަ ސިޔާސީ ޕާޓީތަކާއި އަދި ސިޔާސީ ދާއިރާގައި އުޅުއްވާ ގިނަ ބަޔަކު ބުނަމުން އަންނަނީ ރާއްޖެ އަށް އެންމެ ރަނގަޅީ ރިޔާސީ ނިޒާމު ކަމަށެވެ. އަދި މިއީ ނިޒާމު ބަދަލުކުރަން ވާހަކަ ދައްކަން ޖެހޭ ވަގުތެއް ވެސް ނޫން ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ނަމަވެސް ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ރާއްޖެ އަށް ރަނގަޅީ އެ ނިޒާމު ކަމަށާއި އެމްޑީޕީ އަށް ވެސް ފައިދާހުރި
ގޮތަކީ އެއީ ކަމަށެވެ. އަދި ބަރުލަމާނީއާ ބަދަލުނުކޮށް އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ބާއްވައިފި ނަމަ އެމްޑީޕީ އަށް ލިބޭނީ އެންމެ 27 ޕަސެންޓް ވޯޓް ކަމަށް ވިދާޅުވި އެވެ.

ގިނަ ބަޔަކު ދެކޭ ގޮތުގައި ނަޝީދު ބަރުލަމާނީ އަށް ވަކާލާތުކުރައްވަނީ އަމިއްލަ ސިޔާސީ މަންފާއަށްޓަކަ އެވެ. އެއީ ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވުމެވެ.