Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

ނަސީރަށް ދައުވާކުރުމާ މެދު ގޮތެއް ނިންމަން މުހުލަތެއް

އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ އަބްދުﷲ ނަސީރަށް ދައުވާކުރުމާ މެދު ގޮތެއް ނިންމައި، އެކަން ތިން ދުވަސް ތެރޭގައި އަންގަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

އޭނަގެ ބަންދަށް ތިން ދުވަސް އިތުރުކޮށް ކޯޓްގެ ގާޒީ އަލީ އާދަމް އިއްޔެ ނެރުއްވި އަމުރުގައި ބުނީ އެ މުއްދަތު ދިނީ ފުލުހުން ތުހުމަތުކުރާ މައްސަލާގައި ދައުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ނުވަތަ އެކަމުގައި ނިންމި ގޮތެއް ޝަރީއަތަށް ހުށަހެޅުމަށް ކަމަށެވެ.

އެއްޖިންސުން ގުޅުން ހިންގުމާއި އޭގެ މަންޒަރު ވީޑިއޯކޮށް ފެތުރުމުގެ ތުހުމަތުގައި ފުލުހުން ނަސީރު ހައްޔަރުކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ.

ނަސީރުގެ ވީޑިއޯ އާންމުވުމާ އެކީ އެ ވީޑިއޯގައި އޭނާ އަކީ ފެންނަނީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ސައްލެ) ކަމަށް އަޑުއެރި އެވެ. އަދި "ދިޔަރެސް" ނޫހުން އެގޮތަށް ރިޕޯޓްކުރުމުން އެ ނޫހުގެ މައްޗަށް އަބުރުގެ ދައުވާކޮށް، ބަދަލަށް 10 މިލިއަން ރުފިޔާ ހަދަން ސައްލެ ޖޫން މަހުގެ ފަހުކޮޅު ސިވިލް ކޯޓަށް ހުށަހެޅުއްވި އެވެ. އަދި މިދިޔަ މަހުގެ ތެރޭގައި ފުލުހުން ބުނެފައި ވަނީ ވީޑިއޯގައި ނަސީރާ އެކީ ފެންނަނީ ސައްލެ ނޫން ކަމަށެވެ.