Last Updated: June 11, 17:05
Thursday, June 11, 2026
ޚަބަރު

ވަޅިއެއް ހިފައިގެން ފުލުހުންގެ މަރުކަޒަކަށް ވަން މީހަކަށް ޖަލު ހުކުމެއް

ކްރިމިނަލް ކޯޓު --

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރަށް ވަޅިއެއް ހިފައިގެން ވަން މީހަކަށް ޖަލު ހުކުމެއް އިއްވައިފިއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ކ. މާލެ، މ. ލަވްނެސްޓް އިބްރާހިމް ނާޝިދުގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ މަޤުބޫލު ސަބަބެއްނެތި، ނުރައްކާތެރި ހަތިޔާރެއް އާއްމު ތަނެއްގައި ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.

ނާޝިދުގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނެފައިވަނީ، ނާޝިދު 11 ޖެނުއަރީ 2021 ވަނަ ދުވަހު 21:00 ހާއިރު ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރަށް ވަޅިއެއް ހިފައިގެން ވަދެފައިވާ ކަމަށެވެ.

މިމައްސަަލައިގައި ނާޝިދު ވަނީ ކުށަށް އިއުތިރާފުވެފައެވެ. ދައުވާއަށް ޖަވާބުދާރީވަމުން ނާޝީދު ބުނެފައިވަނީ އޭނާއަކީ ނަފްސާނީ ބައްޔަށް ބޭސްކާ މީހެއްކަމަށާއި، އެހެންކަމުން އޭނާ އެވަގުތު ގެންގުޅުނު ވަޅިއަކީ އޭނާ އަމިއްލަ ނަފުސަށް އަނިޔާކުރުމަށް ގެންގުޅުނު ވަޅިއެއް ކަމަށެވެ.

މި ދައުވާއަށް ނާޝިދު އިއުތިރާފު ވުމުން، އޭނާގެ މައްޗަށް ވަނީ 6 މަސްދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.