Last Updated: July 23, 17:52
Thursday, July 23, 2026
ދުނިޔެ

ވެކްސިން ޓީމަކަށް ހަމަލާދީ ދެ ފުލަހަކު މަރާލައިފި

ޕާކިސްތާނުގައި ޕޯލިއޯ ވެކްސިން ދޭން އުޅުނު ޓީމެއްގެ ހިމާޔަތުގައި އުޅުނު ދެ ފުލުހަކަށް ހަމަލާދީ މަރާލައިފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ އެ ގައުމުގެ އުތުރު ހުޅަނގުގެ ތަންކް ޑިސްޓްރިކްޓްގެ ކޮތު އާޒާމްގައި ވެކްސިން ދޭން އުޅުނު ޓީމަކަށް ހަމަލާދީ، ދެ ފުލަހަކު މަރާލީ ބަޑިން ދިން ހަމަލާ ދިނުމަށް ފަހު އެވެ. އަދި އެކަމުގައި އުޅުނީ ދެ މީހެކެވެ. މީޑިއާތަކުން ބުނީ ވެކްސީން ޓިމަށް ހަމަލާދިނީ ސައިކަލެއްގެ ދިޔަ ދެ މީހެއް ކަމަށާއި އެކަން ކުރީ ވަރަށް ބޮޑަށް ތައްޔާރުވެ ތިބެގެން ކަމަށެވެ.

މި ހާދިސާގައި ވެކްސިން ޓީމާ އެކު އުޅުނު ދެ ފުލުހުން މަރުވި ނަމަވެސް ވެކްސިން ޖަހަން އުޅުނު ދެ މީހުންނަށް އެއްވެސް އަނިޔާވެފައެއް ނުވެ އެވެ. ފުލުހުން މިހާރު އަންނަނީ އެ ހާދިސާ އިތުރަށް ތަހުގީގުކުރަމުންނެވެ.

ޕާކިސްތާނަކީ ވެކްސިން ޖެހުމާ ވަރަށް ދެކޮޅު ގައުމެކެވެ. މިކަމާ ހެދި އެ ގައުމަކީ ޕޯލިއޯ ބަލިމަޑުކަން ވަރަށް ގޯސް ގައުމެކެވެ.

މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ވެކްސިން ޓީމްތަކަށް ހަމަލާތައް ދީ، އެތައް ބަޔަކު ޕާކިސްތާނުގައި މަރާލައިފައިވެ އެވެ. ވެކްސިން ޓީމްތަކާ ދެކޮޅަށް މަސައްކަތްކުރާ އަނެއް ގައުމަކީ އަފްގާނިސްތާނެވެ.