Last Updated: April 19, 16:50
Friday, April 19, 2024
ޚަބަރު

މުޅި މާލެ އާއި ހުޅުމާލޭގެ ބަޔަކުން ކަރަންޓް ކެނޑިއްޖެ

މުޅި މާލެއާ ހުޅުމާލޭގެ ބަޔަކުން ކަރަންޓް ކެނޑިއްޖެއެވެ.

ސްޓެލްކޯއިން ބުނެފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން، މުޅި މާލެއިން އަދި ހުޅުމާލޭގެ ބަޔަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ. މި މައްސަލަ ހައްލުކޮށް ވީއެންމެ އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

މާލެއިން ކަރަންޓުގެ ހިދުމަތް މެދު ކެނޑިފައިވަނީ، ގްރޭޓާމާލެ އިންޓަރކަނެކްޝަން ގްރިޑަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.

މި ވަގުތު ގްރިޑްގެ ހިދުމަތް މެދުކެނޑިފައިވާއިރު، ގްރިޑް ރީކަނެކްޓް ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށްވެސް ބުނެފައިވެއެވެ.