ޖަރުމަނަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރު އައިޝަތު ޝާން ޝާކިރު އިތުރު ހަ ގައުމެއްގެ ނޮން ރެސިޑެންޓް ސަފީރުކަމަށް އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
ޝާން އައްޔަނު ކުރުމަށް ނިންމާފައިވަނީ ރަޝިއާ، ފިންލެންޑް، ސްވިޑަން، ނޯވޭ، ޑެންމާކް އަދި ޔުކްރޭނަށް ކަނޑައަޅާ ނޮންރެޒިޑެންޓް ސަފީރުގެ ގޮތުގައެވެ.
ނޮން ރެޒިޑެންޓް ސަފީރުކަމަށް ޝާން އައްޔަނު ކުރުމަށް ނިންމާ މަޖިލީހުގެ ރުހުން ހޯދުމަށް، މަޖިލީހަށް ފޮނުވުމުން އެ މައްސަލަ ދިރާސާ ކުރުމަށް ވަނީ މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅާފައެވެ.
ޖަރުމަނަށް ކަނޑައަޅުއްވާފައިވާ ސަފީރު ޝާން އެ މަގާމަށް އައްޔަނު ކޮށްފައިވަނީ ޖުލައި 20 ވަނަ ދުވަހުއެވެ.