ސްޓެލްކޯގެ އިންޖީނެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ ސްޓެލްކޯ އިންޖީނެއްގައި އަލިފާން ރޯވެގެން އުޅޭކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން ސްޓެލްކޯއިން ބުނެފައިވަނީ އަލިފާން ރޯވީ އިންޖީނެއްގެ ޓާބޯ އެއްގައި ކަމަށާއި، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރޯވި އަލިފާން ނިއްވާލާފައިވާ ކަމަށެވެ.
މިހާރު ކުރިއަށްދަނީ އަލިފާން ރޯވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކަމަށްވެސް ސްޓެލްކޯއިން މައުލޫމާތުދެއެވެ.