Last Updated: June 6, 19:23
Saturday, June 6, 2026
ކުޅިވަރު

ސްޓޭޑިއަމްގެ ފުރާޅުގެ މަސައްކަތް ފަށައިފި

އަންނަ މެއި މަހު ރާއްޖޭގައި ބާއްވާ އޭއެފްސީ ޗެލެންޖް ކަޕަށް ހިތަދޫ ޒޯން ސްޓޭޑިއަމް ތަރައްގީ ކުރަމުން އަންނަ އިރު، އެ މަސައްކަތުގެ ދަށުން ސިޑިބަރީގެ މަސައްކަތް ނިންމައި، އެތަނުގެ ފުރާޅު ހެދުމުގެ މަސައްކަތް ފަށައިފި އެވެ.

މި މަސައްކަތް ކުރާ އަމީން ކޮންސްޓްރަކްޝަންގެ އޮފިޝަލަކު ވިދާޅުވީ ސްޓޭޑިއަމްގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.

އެގޮތުން ސިޑިބަރީގެ ކޮންކްރިޓް މަސައްކަތްތައް ނިމި، އެތަން ހިޔާ ކުރަން ހަދާ ފުރާޅުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

"މަސައްކަތް ހަމަ ފުލް ގިއަރުގައި ކުރިއަށް މި ދަނީ. އެހެންވީމާ އެޕްރީލްގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލެވޭނެ،" އޮފިޝަލް ވިދާޅުވި އެވެ.