Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

ޝެއިހް ސަމީރުގެ ދަރުސް މިރޭ

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އަހުމަދު ސަމީރުގެ ދަރުސް މިރޭ އައްޑޫގައި ބޭއްވުމުގެ އެންމެ ފަހުގެ ތައްޔާރީތައްވެއްޖެ އެވެ.

މި ދަރުސް އޮންނާނީ ހުޅުމީދޫގަ އެވެ. އެ އަވަށުގެ ޕޮލިސް ދަނޑުގައި މިރޭ 8:15 ގައި ފަށާ ދަރުހުގެ މައުޟޫ އަކީ "ހަޔާތުގެ މަގުސަދު" އެވެ. މި ދަރުހުގައި ހުޅުދު އާއި މީދޫގެ ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެ ދެ އަވަށުގެ ކައުންސިލުން ވެސް އެދިފައިވެ އެވެ.

މި ދަރުހަކީ އައްޑޫ ސިޓީ ކައުންސިލާއި ދެ ޖަމިއްޔާއެއް ގުޅިގެން ބާއްވާ ދަރުހެކެވެ.

ސަމީރުގެ ދަރުސް މިރޭ ހުޅުމީދޫގައި ބާއްވާ އިރު، މިއަދު މީދޫ މަސްޖިދު އިބްރާހީމް މަޖުދުއްދީންގައި ހުކުރު ކުރައްވާނީ ވެސް ސަމީރެވެ. އޭނާ ރޭ ވަނީ ހުޅުމީދޫގެ ބެލެނިވެރިންނަށް އަމާޒުކޮށްގެން ވެސް ދީނީ މައުލޫމާތުތަކެއް ދިނުމުގެ ސެޝަނެއް ބާއްވައިފަ އެވެ.