Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

ޔާމީނަށް ރިޔާސީ ޓިކެޓް ހަވާލުކުރުން މިރޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރަސްމީކޮށް ރިޔާސީ ޓިކެޓް ހަވާލުކުރަން ބާއްވާ ހާއްސަ ޖަލްސާ އަށް ޕީޕީއެމް ތައްޔާރުވެއްޖެ އެވެ.

"ހަވާލޭ ވަތަން" ގެ ނަމުގައި ބާއްވާ ޖަލްސާ އޮންނާނީ ކާނިވާ ސަރަހައްދުގަ އެވެ. ޖަލްސާ ފަށާނީ މިރޭ 8:30 ގަ އެވެ.

ޔާމީނަށް ޕީޕީއެމާއި ޕީއެންސީގެ ރިޔާސީ ޓިކެޓް ދޭން ދެ ޕާޓީގެ ކައުންސިލުން ނިންމައު އެކަން އިއުލާންކުރީ މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭގަ އެވެ. އަދި އެކަން ޔާމީން ގަބޫލުކުރައްވާފައިވެ އެވެ.

އެހެންވެ މިރޭ ބާއްވާ ޖަލްސާގެ އެންމެ ހާއްސަ ކަމަކީ ވެސް އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޔާމީނަށް ރަސްމީކޮށް ރިޔާސީ ޓިކެޓް ހަވާލުކުރުމެވެ. މި ޖަލްސާގައި ޔާމީންގެ އިތުރުން ޕީޕީއެމާއި ޕީއެންސީގެ އިސް ބޭފުޅުންތަކެއް ވާހަކަ ދައްކަވާނެ އެވެ.

"ހަވާލޭ ވަތަން" ޖަލްސާ ބާއްވަނީ ދެ ޕާޓީގެ ސްޓިއަރިން ކޮމިޓީގެ މެންބަރުންނަށާއި ކައުންސިލް މެންބަރުންގެ އިތުރުން އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ވެސް ދައުވަތު ދީގެންނެވެ.