Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

ހުޅުމާލޭން 74 ބިމެއް ވިއްކާލަން ހުޅުވާލައިފި

ދިރިއުޅުމަށް ހުޅުމާލޭން ބީލަން އުސޫލުން 74 ބިމެއް ވިއްކައިލަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފި އެވެ.

އެތަނުން ބުނީ ހުޅުމާލޭގެ ފޭސް ދޭކުން ވިއްކަން ނިންމާފައި ވަނީ 1،095-2،588 އަކަފޫޓާ ދެމެދުގެ ބިންތަކެެއް ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ ގޮނޑުދޮށަށް ކުރިމަތި ވާގޮތަށް ދޫކުރާ 22 ބިމަކައި އަތިރިމައްޗާ ކައިރިން ދޫކުރާ 52 ބިމެކެވެ ގޮނޑުދޮށަށް ކުރިމަތި ވާގޮތަށް ދޫކުރާ ބިންތަކުގެ ބީލަން ފަށާ އަގަކީ އަކަފޫޓަރަކަށް 6،500ރ. އެވެ. އަދި އަތިރިމައްޗާ ކައިރިން ދޫކުރާ ބިންތައް ވިއްކަން ބީލަން ފަށާ އަގަކީ އަކަފޫޓަކަމަށް 5،500ރ. އެވެ.

މި ބިންތަކުގެ ބިޑް ސެކިއުރިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ހުށަހަޅަން ޖެހެ އެވެ.

ވިއްކަން އަލަށް ހުޅުވައިލި 74 ބިމަށް ޝައުގުވެރވާ ފަރާތްތަކަށް އެޗްޑީސީން ފޯމް ވިއްކާނީ މި މަހުގެ 21 އިން އަންނަ މަހުގެ އެއް ވަނަ ދުވަހާ ހަމައަށެވެ. ފޯމު ދޫކުރާނީ އެޗްޑީސީގެ ރިސެޕްޝަނުން، ހެނދުނު 9:00 އިން މެންދުރު ފަހު 1:00 އަށެވެ..

އެތަނުން ބުނި ގޮތުގައި ވިއްކައިލަން ހުޅުވާލި ބިންތަކުގެ ތެރެއިން ގޮނޑުދޮށަށް ކުރިމަތި ވާގޮތަށް ވިއްކާ ބިންތަކަށް ބީލަން ހުލުވާލުން އޮންނާނީ އަންނަ މަހުގެ 11 ގަ އެވެ. އަދި އަނެއް ކެޓަގަރީގެ ބިންތަކުގެ ބިލަން ހުޅުވާނީ އަންނަ މަހުގެ 132 ގަ އެވެ. ތަނަށް މުޅިންވެސް ގޯއްޗަށް ބިން ދޫކުރަމުންދަނީ ދެވަނަ ފިޔަވަހިންނެވެ.

ހުޅުމާލޭން އެންމެ ފަހުން ގޯތި ދޫކުރީ މި އަހަރުގެ ކުރީކޮޅުއެވެ. އެއީ އަތިރިމައްޗާ ކައިރިން 34 ގޯއްޗާއި ގޮނޑުދޮށަށް ކުރިމަތި ވާގޮތަށް ދޫކުރި 26 ގޯއްޗެކެވެ.