Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

އެމެރިކާ ސަފީރަކަށް ޣަފޫރަށް ރުހުން ދީފި

ރާއްޖޭން އެމެރިކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރަކަށް ފޮރިން މިނިސްޓްރީގެ އެމްބަސެޑާ އެޓް ލާޖްގެ މަގާމުގައި މިހާރު ހުންނެވި އަބްދުލްޣަފޫރު މުޙައްމަދު އައްޔަނު ކުރައްވަން ރަައްޔިތުންގެ މަޖިލީހުން އިއްޔެ ރުހުން ދީފިއެވެ.

އިއްޔެ މަޖިލީހުގެ މި ދައުރުގެ ފުރަތަމަ ޖަލްސާގައި ޣަފޫރަށް ރުހުން ހޯދަން ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސާ ކުރި ގޮތުގެ ރިޕޯޓުގައި ބުނެފައި ވަނީ އޭނަ އަޖީ ސަފީރު ކަމަށް ކުރުމަށް ވަރަށް އެކަށީގެންވާ ބޭފުޅެއް ކަމަށެވެ. ކޮމިޓީން ޣަފޫރަށް ރުހުން ދިން އިރު، އޭނަ އިންޓަވިއު ވެސް ކޮށްފައިވެ އެވެ.

އޭނާއަށް މަޖިލީހުން ރުހުން ދިމީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިންނެވި 46 މެންބަރުންގެ އިއްތިފާގުންނެވެ.

ޣަފޫރަކީ ވަނީ ފޮރިން ސެކްރެޓަރީގެ މަގާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި އޭނަ އަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި އދ. ގައި ހުންނަވާ ދާއިމީ މަންދޫބެއްގެ ގޮތުގައި މަސައްކަތް ވެސް ކުރެއްވި ބޭފުޅެކެވެ. އަދި ޣަފޫރަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެމެރިކާގައި ހުންނަވާ ދިވެހި ސަފީރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.

ރާއްޖޭން އެމެރިކާ އަށް އާ ސަފީރަކު ކަނޑައަޅަން ރުހުން ދިން އިރު، އެމެރިކާ އިން އަންނަނީ ރާއްޖޭގައި އެމްބަސީއެއް ހުޅުވަން ވެސް މަސައްކަތްކުރަމުންނެވެ. އެގޮތުން އެ ގައުމުން އަލަށް ރާއްޖެ އަށް ސަފީރަކު ކަނޑައަޅަން ވެސް މިދިޔަ މަހު ނިންމާފައިވެ އެވެ. އެ ބޭފުޅަކީ ހޫގޯ ޔޫ-ހޯ ޔޮން