Last Updated: July 23, 17:52
Thursday, July 23, 2026
ދުނިޔެ

ޑްރަގަށް ޓެސްޓްކޮށްފިން: ބޮޑުވަޒީރު

ފިންލޭންޑްގެ ޒުވާން އަންހެން ބޮޑުވަޒީރު ސަނާ މާރިން ޕާޓީކުރައްވާ ވީޑިއޯއެއް ލީކްވި އިރު، އޭގައި ފެންނަ ގޮތުން އޭނާ ހުންނެވީ މަސްތުވާތަކެތި ބޭނުންކޮށްގެން ކަމަށް ގިނަ ބަޔަކު ތުހުމަތުކޮށް، ޓެސްޓްކުރަން ގޮވައިލުމާ ގުޅިގެން މިހާރު ޓެސްޓްކޮށްފައިވާ ކަމަށް ވިދާޅުވެއްޖެ އެވެ.

އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވައި 36 އަހަރުގެ ބޮޑުވަޒީރު ވިދާޅުވީ އެއްވެސް ބާވަތެއްގެ ޑްރަގެއް ބޭނުން ނުކުރައްވާ ކަމަށާއި ޕާޓީގައި ގާނޫނާ ހިލާފު އެއްވެސް ކަމެއް ވެސް ނުކުރައްވާ ކަމަށެވެ. އެކަމަކު އާންމު އުސޫލުން ޕާޓީގައި ބަނގުރާ ހިއްޕެވި ކަމަށް ވިދާޅުވި އެވެ.

"މި ހަފުތާގެ ތެރޭގައި އެ ޓެސްޓްގެ ނަތީޖާ ވެސް ލިބޭނެ. އޭރުން ކަށަވަރުކޮސް ދެވޭނެ އަހަރެން ހުރީ އެއްވެސް ބާވަތެއްފެ ޑްރަގެއް ބޭނުންކޮށްގެން ނުންކަން." ބޮޑުވަޒީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދުވަހަކު އެއްވެސް ބާވަތެއްގެ މަނާ ޑްރަަގްސްއެއް ބޭނުމެއް ނުކަރައްވަ އެވެ.

"ބޮޑުވަމުން އައި އިރު ވެސް އަހަންނަކީ އެ ބާވަތުގެ ކަންކަންކުރި މީހެއް ނޫން. އެހެންވެ ކުރިން ވެސް މިހާރަކު ވެސް ގަވައިދާ ހިލާފު އެއްވެސް ކަމެއް ނުކުރަން." 2019 ގައި ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވި ސަނާ ވިދާޅުވި އެވެ.

ފިންލޭންޑްގެ ސެލެބްރިޓީންތަކެއް ވެސް ބައިވެރިވި ބުރާސްފަތި ދުވަހުގެ ރޭގެ ޕާޓީގެ ވީޑިއޯ އާންމުވި އިރު، އޭގައި ބޮޑުވަޒީރު ފެންނަނީ ކަޅު ކުލައިގެ ނިވާކަން ކުޑަ ޓޮޕަކާއި ހުދު ޖީންސެއް ލައިގެން ވަރަށް ފޯރީގައި ނައްޓަވައި މަޖާކުރައްވާ ތަނެވެ.

އެ ވީޑިއޯ އާންމުވުމާ އެކީ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެ، ސަނާގެ އެ އަމަލީ ވެރިއެއްގެ ފަރާތުން ފެނިގެން ވާނެ ކަމަށް އަމަލެއް ނޫން ކަމަށް ބުނެފައިވެ އެވެ. އަދި ފިންލޭންޑްގެ އިދިކޮޅު ޕާޓީން ވަނީ ސަނާ މަސްތުވެގެން ހުންނެވި ކަމަށް ގިނަ ބަޔަކު ތުހުމަތުކުރާތީ ޑްރަގަށް ޓެސްޓްކޮށް، އޭނަގެ އެ ވަގުތު ހުންނެވި ހާ،ލަތު ސާފުކޮށްދޭން އެދިފަ އެވެ.