Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

ޑިސެމްބަރުގައި އުމްރާ ދަތުރެއް

މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އަރަފާތު ހައްޖު އެންޑް އުމްރާ އިން ބާއްވާ އުމްރާ ދަތުރަކަށް ރަޖިސްޓްރީކުރަން ހުޅުވާލައިފި އެވެ.

އެ ގްރޫޕުން ބުނީ ޖުމްލަ 27،500ރ. ދައްކަން ޖެހޭ މި ދަތުރަށް ފުރަތަމަ 5،000ރ. ދައްކައިގެން ރަޖިސްޓްރީކުރެވޭނެ ކަމަށެވެ. އަދި އޮކްޓޯބަރުގެ ނިޔަލަށް ރަޖިސްޓްރީކުރާ މީހުންނަށް ހާއްސަ ޑިސްކައުންޓެއް ވެސް ލިބޭނެ އެވެ.

ސާދަ ދުވަހުގެ މި އުމްރާ ދަތުރުގެ ލީޑަރަކަށް ހުންނަވާނީ ޝެއިހް އިލްޔާސް ހުސައިނެވެ

ދަތުރާ ބެހޭ އިތުރު މައުލޫމާތު 9361616 އާއި 9351515 އިން ހޯދޭނެ އެވެ.