Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

ކުވައިތު އެއާވޭސް ރާއްޖެ އަށް

ކުވައިތު އެއާވޭސްގެ ދަތުރުތައް ރާއްޖެ އަށް ފަށަން ނިންމައިފި އެވެ.

އެ އެއާލައިނުން ރާއްޖެ އަށް އުދުހެން ފަށަން ނިންމާފައި ވަނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ 31 އިން ފެށިގެންނެވެ. އެގޮތުން މިހާރު ހަމަޖައްސާފައިވާ ގޮތުން އެ ތާރީހުން ފެށިގެން ހަފުތާ އަކު ދެ ދަތުރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބާއްވާނެ އެވެ.

މެދުއިރުމައްޗަށް ނިސްބަތްވާ ކުވައިތުން ރާއްޖެ އަށް އެ ގައުމުގެ ގައުމީ އެއާލައިނުން ދަތުރުތައް ފަށަން ތައްޔާރުވަމުން އަންނަ އިރު، މެދުއިރުމަތީގެ ވަރަށް ގިނަ ގައުމުތަކުން މިހާރު ވެސް ރާއްޖެ އަށް ދަތުރުތައް ކުރެ އެވެ. އަދި އެ ސަރަހައްދުގެ ޓޫރިސްޓުންގެ މެދުގައި ރާއްޖެ އަކީ މަގުބޫލު ތަނެކެވެ.

މި އަހަރުގެ މިހާތަނަށް ވެސް 50،000 އަށް ވުރެ ގިނަ ޓޫރިސްޓުން މެދުއިރުމަތިން ރާއްޖެ އަށް އައިސްފައިވެ އެވެެ.

މިހާރު ދުނިޔޭގެ 34 މަންޒިލަކަށް އުދޭ ކުވައިތު އެއާވޭސްގެ ހިދުމަތް ފެށީ މާޗް 16، 1954 ގަ އެވެ. އެ އެއާލައިންގެ ފްލީޓްގެ އަދަދަކީ 30 އެވެ.