Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

8 ރަށެއްގެ އައުޓްޑޯ ވޮލީކޯޓު ހަދަން ހަވާލުކޮށްފި

ފޮޓޯ: ޔޫތް މިނިސްޓްރީ

އަށް ރަށެއްގައި އައުޓްޑޯރ ވޮލީކޯޓް ތަރައްގީކުރަން ބަޔަކާ ހަވާލުކޮށްފިއެވެ.

ޔޫތް މިނިސްޓްރީން ބުނެފައިވަނީ 8 ރަށެއްގައި އައުޓްޑޯރ ވޮލީކޯޓު ތަރައްޤީކުރުމަށް ހަވާލު ކޮށްފައިވަނީ ޓްރިޕަލް އެއިޓް އަދި ބްރިލިއަންޓް ކޮމްޕެނީ އާއެކު ކަމަށެވެ. އެ ފަރާތްތަކާ އެކު އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިއަދުއެވެ.

އެގޮތުން ހދ.ކުރިނބީ، ޅ.ކުރެންދޫ އަދި ބ.ދަރަވަންދޫ ގައި ވޮލީކޯޓު ތަރައްޤީކުރުމަށް ހަވާލުކުރެވިފައި ވަނީ ޓްރިޕަލް އެއިޓްއަށް ކަމަށް މައުލޫމާތުދީފައިވެއެވެ.

އަދި ހއ.ހޯރަފުށި، ހދ.ވައިކަރަދޫ، ނ.މާފަރު އަދި ބ.ކިހާދޫގެ އިތުރުން އއ.ހިމަންދޫ ގައި ވޮލީކޯޓު ތަރައްޤީކުރުމަށް ހަވާލުކުރެވިފައިވަނީ ބްރިލިއަންޓް ކޮމްޕެނީއަށް ކަމަށްވެސް ޔޫތް މިނިސްޓްރީން ބުނެފައިވެއެވެ.