Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

ނަސީރު ދޫކޮށްލައިފި

އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ކުރީގެ ނޫސްވެރިޔާ އަބްދުﷲ ނަސީރު ދޫކޮށްލައިފި އެވެ.

ކުރިން ރާއްޖެ ޓީވީ އާއި ސަންގު ޓީވީގައި މަސައްކަތްކުރި ޒުވާން ނޫސްވެރިޔާ އެއްޖިންސުން ގުޅުން ހިންގައި، އެ މަންޒަރު ރެކޯޑްކޮށް އަދި އެ ދައުރުކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ. އޭނާ އިއްޔެ ދޫކޮށްލި އިރު، ނަސީރަށް ދައުވާކުރުމާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓުން މި މަހުގެ 17 ވަނަ ދުވަހު ތިން ދުވަހުގެ މުހުލަތެއް ވެސް ދީފައިވެ އެވެ. އަދި އޭނާ ދޫކޮށްލީ ދައުވާކުރަން ފުލުހުން މައްސަލަ ޕީޖީ އަށް ފޮނުވުމުންނެވެ.

ނަސީރުގެ ވީޑިއޯ އާންމުވުމާ އެކީ އެ ވީޑިއޯގައި އޭނާ އަކީ ފެންނަނީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ސައްލެ) ކަމަށް އަޑުއެރި އެވެ. އަދި "ދިޔަރެސް" ނޫހުން އެގޮތަށް ރިޕޯޓްކުރުމުން އެ ނޫހުގެ މައްޗަށް އަބުރުގެ ދައުވާކޮށް، ބަދަލަށް 10 މިލިއަން ރުފިޔާ ހަދަން ސައްލެ ޖޫން މަހުގެ ފަހުކޮޅު ސިވިލް ކޯޓަށް ހުށަހެޅުއްވި އެވެ.

އެ ވީޑިއޯގެ މައްސަލާގައި ފުލުހުން މިދިޔަ މަހު ބުނެފައި ވަނީ ވީޑިއޯގައި ނަސީރާ އެކީ ފެންނަނީ ސައްލެ ނޫން ކަމަށެވެ.