Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

އައްޑު އަށް ވި ވައުދުތައް ފުއްދާނެކަމުގެ ޔަގީންކަން އެބައޮތް: ނިޒާރު

މޭޔަރު އަލީ ނިޒާރު, ރައީސް އިބްރާހިމް މުހައްމަދު ސޯލިހް- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޑޫސިޓީއަށް ވެލައްވާފައިވާ ވައުދުތައް ފުއްދަވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް އައްޑޫސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން ރައީސް ސޯލިހާއެކު ނަންގަވާފައިވާ ފޮޓޯއަކާއެކު ކުރައްވާފައިވާ ޓްވީޓެއްގައެވެ.

އެގޮތުން ނިޒާރު ވިދާޅުވެފައިވަނީ، ރައީސް ސޯލިހަށް ދެވަނަ ދައުރެއް އެރުވުމަށް ބަދަހިކޮށް އަދި ގަދަކޮށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ރައީސް ސޯލިހް އައްޑޫސިޓީއަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވައިދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ސޯލިހްގެ ސަރުކާރުން އައްޑޫސިޓީ ތަރައްގީ ކުރުމަށް ބޮޑެތި ވައުދުތަކެއް ވެފައިވެއެވެ. އޭގެތެރެއިން މަގު ހެދުމާއި ފެން ހިންދުމުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ފާހަގަކުރެވެއެވެ.