Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

ފުލުހުންގެ ކާރެއް ފުރޮޅާލައިފި

ރޭ މެންދަމު ސިނަމާލެ ބްރިޖް ހައިވޭ މަތީގައި ފުލުހުންގެ ކާރެއް ފުރޮޅާލައި، ގެއްލުންތަކެއްވެއްޖެ އެވެ.

ފުލުހުން ބުނީ ހައިވޭގައި ދުއްވި ޕޮލިސް ކާރެއް ފުރޮޅާލިކަމުގެ ރިޕޯޓް ލިބުނީ މެންދަމު 3:00 ޖަހަން އުޅެނިކޮށް ކަމަށެވެ. އެ ހާދިސާ ހިނގި އިރު ކާރުގައި ތިން މީހަކު ތިބި ކަމަށާއި އެ މީހުންނަށް ލިބުނު ޒަހަމްތަކަށް ފަރުވާދޭން ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި ތިން މީހުންނަށް ވެސް ފަރުވާދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް ކާރު ފުރޮޅާލަން ހާދިސާއާ ބެހޭ އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ. އެކަމަކު މިކަން އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ބުންޏެވެ.