މި އަހަރު އައްޑޫ ހައި ސްކޫލްގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ޑިޕްލޮމާ އަދި ޓިވެޓްގެ ކޯސްތަކަށް އެތަނުން ފުރުސަތު ހުޅުވާލައިފި އެވެ.
އައްޑޫގައި މަތީ ސާނަވީ އަށް ކިޔައިދޭ ސްކޫލުން ބުނި ގޮތުގައި މި އަހަރު އެތަނުގެ ޕިއާސަން ބީޓެކް އިންޓަނޭޝަނަލް ލެވެލް 3 ޑިޕްލޮމާ އާއި ޕިއާސަން ބީޓެކް އިންޓަނޭޝަނަލް ލެވެލް 3 އެކްސްޓެންޑެޑް ޑިޕްލޮމާ އަދި ޓިވެޓް ކޯސްތަކަށް ދަރިވަރުން ނަގަން ވަނީ ނިންމައިފަ އެވެ.
އެގޮތުން ކޯސްތަކުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކަށް އެޕްލައިކުރުމުގެ ފުރުސަތު އަންނަ މަހުގެ 1 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. އެޕްލިކޭޝަން ފޯމްތައް ދޫކުރަނީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 9:00 އިން މެންދުރު ފަހު 1:00 އަށް ހައި ސްކޫލްގެ ރިސެޕްޝަނުންނެވެ.
އެ ސްކޫލުން ބުނި ގޮތުގައި ޕިއާސަން ބީޓެކް އިންޓަނޭޝަނަލް ލެވެލް 3 ޑިޕްލޮމާ އާއި އެކްސްޓެންޑެޑް ޑިޕްލޮމާ ކޯހުގެ ޝަރުތުތަކަކީ ޕިއާސަން ބީޓެކް އިންޓަނޭޝަނަލް ލެވެލް 2 ޑިޕްލޮމާ ކޯހަކުން ދަށްވެގެން "ޕާސް" ލިބިފައިވުން ނުވަތަ
އައިޖީސީއެސްސީ، އޯ-ލެވެލް އިމްތިހާނާއި އެސްއެސްސީ އިމްތިހާނުގެ ކޮންމެ ވެސް 4 މާއްދާއަކުން ދަށްވެގެން "ސީ" ފާސް ލިބިފައިވުމުވެ. އަދި ރާއްޖޭން ބޭރުގައި ގްރޭޑް 10 ނިންމާފައިވާ ދަރިވަރުން އެ ކުދިންގެ އެންމެ ފަހުން ނިންމި ސްކޫލްގެ މާކް ޝީޓް ހުށަހެޅުމުން އެއަށް ބަލާފައި ޖާގަ ދޭނެ އެވެ.
ޓިވެޓް ކޯސް ލެވެލް 4 ގެ ޝަރުތަކުތަކުގެ ތެރޭގައި ދަސްވާރުން ލެވެލް 3 ގެ ފާހެއް ލިބިފައިވުން ނުވަތަ
އައިޖީސީ.އެސްސީ، އޯ-ލެވެލް އިމްތިހާނާއި އެސްއެސްސީ އިމްތިހާނުގެ ކޮންމެ ވެސް އެއް މާއްދާއަކުން ދަށްވެގެން "ސީ" ފާސް ލިބިފައިވުން ހިމެނެ އެވެ.