Last Updated: July 23, 17:52
Thursday, July 23, 2026
ދުނިޔެ

ޕާޓީކުރި ބޮޑުވަޒީރު ޑްރަގަށް ނެގަޓިވް

ފިންލޭންޑްގެ ޒުވާން އަންހެން ބޮޑުވަޒީރު ސަނާ މާރިން ޕާޓީކުރައްވާ ވީޑިއޯއެއް އާންމުވެ އަމާޒުވި ފާޑުކިޔުންތަކާއެކު ހެއްދެވި ޑްރަގް ޓެސްޓް ނެގެޓިވް ވެއްޖެ އެވެ.

މިދިތަ ބުރާސްފަތި ދުވަހުގެ ރޭ އާންމުވި ވީޑިއޯގައި ފެންނަނީ ބޮޑުވަޒީރު ކުލަ ބޮކިތަކުން ދިއްލައި، މިއުޒިލާއި ލަވައިން ގުގުމާފައި އޮތް ޕާޓީއެއްގައި ކަޅު ކުލައިގެ ނިވާކަން ކުޑަ ޓޮޕަކާއި ހުދު ކުލައިގެ ޖީންސެއްގައި ނައްޓަވާ ތަނެވެ. އޭނައާ އެކީ މި ވީޑިއޯ ފިންލޭންޑްގެ ބައެއް ސެލެބްރިޓީން ވެސް ފެނެ އެވެ.

މި ވީޑިއޯ އާންމުވުމާ އެކު ގިނަ ބަޔަކު ވަނީ އޭނާ ޑްރަގްސް ބޭނުންކޮށްގެން ހުންނެވި ކަމަށް ތުހުމަތުކޮށް އެކަމަށް ޓެސްޓު ކުރުމަށް ގޮވާލާފަ އެވެ. ނަމަވެސް އެ ތުހުމަތުތަށް ދޮގުކޮށް މިދިޔަ ހުކުރު ދުވަހު މާރިން ވަނީ ޑްރަގް ޓެސްޓު ހަދާފަ އެވެ.

ފިންލޭންޑުގެ ސަރުކާރުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެ ޓެސްޓުން ޑްރަގްގެ އެއްވެސް ބާވަތެއް ފެނިފައި ނުވާ ކަމަށެވެ. އަދި މި ޓެސްޓު ހެދީ ސީދާ ބޮޑުވަޒީރުގެ އަމިއްލަ ހަރަދުގައި ކަމަށްވެސް ބުނެފައިވެ އެވެ.

މާރިން ،36، ފިންލޭންޑުގެ ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވީ 2019 ވަނަ އަހަރު އެވެ.