Last Updated: June 26, 10:52
Friday, June 26, 2026
ޚަބަރު

ވަގަކަށް ކޯރާޑީއަކުން ހަމަލާ ދީފި

ޒަހަމްކޮށްލި މީހާ އަށް ބަޔަކު އެހީވަނީ. ފޮޓޯ/ މިހާރު

މާލޭގެ ގެއަކުން ވައްކަންކުރަން އުޅުނު މީހަކަށް ރޭ ކޯރާޑީއަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

މާފަންނު ސަހަރާ ކުރިމަތީގައި ހުންނަ ސްޓީލް ހާޑްވެއާގެ އިމާރާތުގައި ހިންގި ހާދިސާގައި ބިދޭސީ ފިރިހެން މީހާގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވެ އެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ ކޯރާޑީއަކުން މީހަކަށް ހަމަލާ ދިންކަމުގެ މައުލޫމާތު ލިބުނީ ރޭ ދަންވަރު 12:00 ޖަހަން އުޅެނިކޮށް ކަމަށެވެ.

ބިދޭސީ މީހާ އަށް މިހާރު އައިޖީއެމްޗްގައި ފަރުވާ ދެމުން އަންނަ އިރު، މިކަމާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.