އިއްޔެ ހުޅުމާލޭގައި ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހަށް ހަމަލާދިން ހާދިސާ އަކީ ގިނަ ބައެއްގެ ސަމާލު ކަމަށް ވަރަށް ބޮޑަށް އައި ކަމެކެވެ. އިއްޔެ މެންދުރު ފަހު އެ ހާދިސާ ހިނގީ އޭނާ ދަރިފުޅު ސްކޫލަށް ލާފައި ދިޔަ މަގުމަތީގަ އެވެ.
އަލީ އަށް މީހަކު ތޫނު އެއްޗަކުން ހަމަލާދިނީ ސައިކަލުގައި ދަނިކޮށް ހުއްޓުވައި މާރާމާރީ ވެސް ހިންގުމަށް ފަހު އެވެ. މި މަންޒަރު ފެންނަ ވީޑިއޯ ވެސް އާންމުވެފައިވާ އިރު، އެއިން ފެންނަ މަންޒަރު ބިރުވެރި އެވެ. އިންތިހާ އަށް ކަންބޮޑުވުމެވެ.
ރޯމާ ދުވާލު ހާމަކަން ބޮޑު މަގެއްގެ މަތީގައި ކަޓަރަކުން އަލީ ސޯލިހަށް ހަމަލާދިން އިރު، އެކަން ހިނގި އިރު އެ ސަރަހައްދުގައި ބަޔަކު އުޅޭ ތަން ވެސް ފެނެ އެވެ. އެކަމަކު އެއްވެސް މީހަކު އެކަން ހުއްޓުވާކަށް، އަދި އަލީ ދިފާއުކުރާކަށް އެއްވެސް މަސައްކަތެއް ކުރާ ތަނެއް ނުފެ އެވެ.
ވީޑިއޯ އިން ފެންނަ ގޮތުގައި އޭނާގެ ސައިކަލު ހުއްޓުވައި "ލެފިގަނެ" މޫނާ ދިމާއަށް ކަޓަރު އެތައް ފަހަރެއްގެ މަތިން ދިއްކޮށް ހަޅޭއްލަވައި ހަމަލާދޭން ފެށުމުން އަލީ ސައިކަލު ދޫކޮށްލައްވާފައި ދުވެވަޑައިގަންނަވާ ތަން ވެސް ފެނެ އެވެ. އަދި ހަމަލާ ދިނުމަށް ފަހު ކަންކުރި މީހާ ކަޓަރު ހިފައިގެން މަގުމަތީގައި "ފަތިވަރު އަމުނާ" ތަން ވެސް ފެނެ އެވެ.
Jumhooree Party ge tharujamaanu Ali Solih ah dhin terrorism ge hamalaa ge video social media ga aanmu vejje!
Ithuru mauloomaathu: https://t.co/Sz6P00Fp7I pic.twitter.com/bfXRyBVpCE
— #MvCrisis (@MvCrisis) August 22, 2022
އަލީ ވިދާޅުވީ އޭނަ އަށް ހަމަލާ ދިނީ ހުޅުމާލޭ ސޮނީ ފިހާރަ ކައިރިން ކަމަށެވެ. ހަމަލާ ދީފައި ވަނީ ސަރުކާރުގެ މަގާމެއްގައި ހުރި މީހަކަށް ވާތީ ކަމަށް ބުނެ އެވެ. އަލީ ވިދާޅުވީ ހަމަލާ ދިން މީހާ އެކަން ކުރީ ސަރުކާރުގެ މީހެއްކަމުން މަރާލަން ޖެހޭނެ ކަމަށް ބުނުމަށް ފަހު އެވެ.
"އަޅުގަނޑާ ދިމާލަށް ބުނީ ކަލޭތީ ސަރުކާރު މީހެއް ނޫން ހެއްޔޭ. އެހެންވީމަ ކަލޭ ޖެހޭނީ ދުއްވާލަންށޭ. މިހާރުން މިހާރަށް މަރައޭ ލާނީ ބުނީ." އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައު ހުންނެވި އަލީ ވިދާޅުވި އެވެ.
އެހެން ބުނެފައި ފަހުން ހަމަލާ ދިން މީހާ ޤުރުއާނުގެ އާޔަތެއް ވެސް ކީ ކަމަށާއި، އެ އާޔަތުގެ މާނަ ނޭނގޭ ނަމަ މަރާލާނެ ކަމަށް ބުނެ، ކަޓަރަކުން ހަމަލާދޭން ފެށީ ކަމަށް ވެސް އަލީ ވިދާޅުވި އެވެ.
Jumhooree Party ge tharujamaanu Ali Solih ah miadhu dhin nurakkaatheri hamala inthihaa ah kuvveri kuran. Raajjeyga inthizaam vegen hinga harukashi fikuruge amaluthah huttuvumah kuraa masakkaiy maabodah harudhanaave ithubaaru hifenjehey
— Mohamed Nasheed (@MohamedNasheed) August 22, 2022
ހަމަލާ ދިންތާ މާ ގިނަ އިރުތަކެއް ނުވަނީސް ހަމަލާދިން މީހާ ވަނީ ހައްޔަރުކޮށްފަ އެވެ. އޭނަ އަކީ މިދިޔަ މަހުގެ 1 ވަނަ ދުވަހު މާލޭގެ ސަލްމާން މިސްކިތަށް ހުކުރު ގަޑީގައި ވަދެ، މިންބަރަށް އަރައި ހަޅޭއްލެވި މީހާ އެވެ. އެ ދުވަހު ވެސް ފުލުހުން އޭނާ ހައްޔަރުކުރި އެވެ. އެކަމަކު ހަމަ އެ ދުވަހު ދޫކޮށްލީ ސިކުނޑީގެ މައްސަލައެއް ހުންނަ މީހެއް ކަމަށް ބުންޏެވެ.
ނަފްސާނީ ބަލިމީހަކީ، ވަޅި އަޅާ، ނުބައި އުގުރާނަގޮވާ، ދީނާ ގުޅުވައި ވިޔާނުދާ ބަސްބަސް ބޭރުކުރާ، އެހެން އެންމެންނަށް ހުރި މާސިންގާ ނުރައްކަލެއް ކަމުގައި ވަނީނަމަ އެފަދަ ނަފްސާނީ މީހުންވެސް ތިބެންޖެހޭނީ ބަންދެއްގައި! އެފަދަ ނުރައްކާތެރި މީހުން މުޖުތަމައަށް ދޫވެފައިހުރެވިގެން ނުވާނެ!
— Ali Zaid (@alizaid1000) August 22, 2022
އެ މީހާ އަލީ އަށް ހަމަލާ ދިނުމުގެ ކުރިން ވެސް އެތައް ބަޔަކަށް މިފަދަ "ގޯނާތައް" ކޮށްފައިވާ ކަމަށްވެ އެވެ. މިކަމާ ގުޅިގެން ޖޭޕީން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
އިއްޔެގެ ބިރުވެރި ހާދިސާއާ ބެހޭ ގޮތުން ޝެއިހް އަލީ ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަފްސާނީ ބަލި މީހަކަށް ވިޔަސް އެމީހެއްގެ ފަރާތުން މުޖަަމައަށް ނުރައްކާވާ ނަމަ ދޫވެފައި ހުރެވިގެން ނުވާނެ ކަމަށެވެ.