މިހާރުގެ ސަރުކާރުން ދީނާ ގުޅޭ ކަންކަމުގެ ވާހަކަ ދައްކަނީ ހަމައެކަނި ސިޔާސީ ސްކޯކުރަން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ލިވާތުކުރުން ނުވަތަ އެއްޖިންސުން ގުޅުން ހިންގުމަކީ ބޮޑު ކުށަކަށް ހަދަން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ހުށަހެޅުއްވުމާ ގުޅިގެން ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބިރަކާ ނުލައި މަޖާކުރާ ފިކުރާ އެކު ކަންކަން ބޮއްސުންލައިގެން ދިޔަ އިރު ތެދު ނިޔަތެއް އޮތް ނަމަ އެކަމާ ދެކޮޅަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށެވެ.
"ތެދު ނިޔަތެއް އޮތް ނަމަ ބިރަކާ ނުލައި މަޖާކުރާ ފިކުރާއެކު މި ހިސާބަށް ބޮއްސުންލާ ދިޔައިރު ނުތިބޭނެ. ގަބޫލު ކުރެވެނީ ކޯލިޝަންގެ ބައިވެރިން ތިޔައީ ސިޔާސީ ސްކޯކުރަން އެކަނި ދައްކާ ވާހަކައެއްކަން." ޖަމީލު ވިދާޅުވި އެވެ.
އިސްލާމް ދީނުގައި ޙަރާމްކޮށްފައިވާ ބޮޑެތި ކުށްތައް ޢާންމުވިއިރު ތިބީ ސަރުކާރުގަައި. ތެދު ނިޔަތެެއް އޮތް ނަމަ ބިރަކާނުލައި މަޖާކުރާ ފިކުރާއެކު މިހިސާބަށް ބޮއްސުންލާދިޔައިރުނުތިބޭނެ. ޤަބޫލް ކުރެވެނީ ކޯލިޝަންގެ ބައިވެރިން ތިޔައީ ސިޔާސީ ސްކޯކުރަން އެކަނި ދައްކާ ވާހަކައެއްކަން. https://t.co/y9OqmdG65B
— Mohamed Jameel Ahmed (@MJameelAhmed) August 23, 2022
އޭނާ ވިދާޅުވީ އިސްލާމް ދީނުގައި ޙަރާމްކޮށްފައިވާ ބޮޑެތި ކުށްތައް ޢާންމުވި އިރު، އެފަދަ ކަންކަން ހުއްޓުމުގެ ތެދު ނިޔަތެއް ސަރުކާރުގައި ނެތް ކަމަށެވެ.
ރާއްޖޭގައި މި ފަހުނ އެންމެ ބޮޑު އެއް މައްސަލަ އަކީ ބަންގްލަދޭޝްގެ ފިރިހެނަކާ އެކީ ސަރުކާރުގެ އެކިއެކި މުއައްސަސާތަކުގެ ޒިންމާދާރު މަގާމުތަކުގައި ތިބި ބައެއް މީސްމީހުންނާއި ސިޔާސީ ގޮތުން ވެސް ނުފޫޒު ގަދަ ބައެއް މީސްމީހުން އެއްޖިންސުން ގުޅުން ހިންގި މައްސަލަ އެވެ. އެފަދަ ވީޑިއޯތަކެއް އާންމުވެ ބަޔަކު ބޭޒާރުވެފައިވާ އިރު، މިކަމާ ދެކޮޅަށް ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ގިނަ ބަޔަކު ދެކެ އެވެ.