Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

ސިވިލް ކޯޓަށް 2 ގާޟީން ހޯދަނީ

ސިވިލް ކޯޓު- ފޮޓޯ: މުހައްމަދު ޝަރުހާން

ސިވިލް ކޯޓަށް ދެ ޤާޟީއަކު ހޯދުމަށް އިއުލާނު ކޮށްފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީއިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ސިވިލް ކޯޓުގެ ޤާޟީގެ މަގާމަށް ކުރިމަތި ލައްވަން ބޭނުން ފަރާތްތަކުން 11 ސެޕްޓެންބަރު 2022 ވަނަ ދުވަހުގެ 13:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފަނޑިޔާރުކަމަށް އެދި ހުށަހަޅާ ފޯމާއި ލިޔުންތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ކޮމިޝަންގެ ރަސްމީ އީމެއިލް އެޑްރެހަށް ފޮނުވުމުން ފޯމު ބަލައިގަންނާނެ ކަމަށެވެ.

ސިވިލް ކޯޓުގެ ގާޟީއެއްގެ އަސާސީ މުސާރަ އަކީ ކޮންމެ މަހަކު 30000.00 ރުފިޔާއެވެ. އަދި ލިވިންގ އެލަވަންސްގެ ގޮތުގައި 15000.00 ރުފިޔާ، ރިސްކް އެލަވަންސް އަށް 1،650.00 ރުފިޔާ ލިބެއެވެ. މީގެއިތުރުން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގައިވާ ގޮތުގެމަތިން މެޑިކަލް އިންޝުއަރެންސް އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން ފޯނު އެލަވަންސް ލިބިގެންދާނެއެވެ.