މިހާތަނަށް އެޑެކްސެލް ސިލަހަށް ބާއްވަމުން އައި އޭ ލެވެލް އިމްތިހާނު ކެމްބްރިޖަށް ބަދަލުކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މިއަދު ބުނީ އަންނަ އަހަރުގެ ދިރާސީ އަހަރުގައި ކެމްބްރިޖް އިންޓަނޭޝަނަލް އޭ-އެސް ލެވެލް އަށް ކިޔަވައިދޭން ފަށާނެ ކަމަށާއި 2024 އޮކްޓޯބަރު/ނޮވެމްބަރުގައި ކެމްބްރިޖް އިންޓަނޭޝަނަލް އޭ-އެސް ލެވެލް އިމްތިހާނު ބާއްވާނެ ކަމަށެވެ. .
މިނިސްޓްރީން ބުނި ގޮތުގައި ގްރޭޑު 12 ގެ ދަރިވަރުންނަށް ކެމްބްރިޖް ސިލަބަހަށް ކިޔަވައިދޭން ފަށާނީ 2024-2025 ވަނަ އަހަރު އެވެ. އަދި 2025 ގައި ކޭމްބްރިޖް އިންޓަނޭޝަނަލް އޭ-ލެވެލް އިމްތިހާނު ބާއްވާނެ އެވެ.
މިނިސްޓްރީން ބުނީ މި ބަދަލާ ގުޅިގެން މަތީ ސާނަވީ އަށް ކިޔަވަމުން އަންނަ އަދި މި އަހަރު ގްރޭޑު 11 ގައި ކިޔަވަން ފަށާ ދަރިވަރުންގެ އިމްތިހާނުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. ބުންޏެވެ.
އެކަމަކު މަތީ ސާނަވީގެ އިމްތިހާނަށް އެތައް އަހަރެއް ފަހުން ބޮޑު ބަދަލު ގެންނަން ނިންމި ސަބަބެއް މިނިސްޓްރީން ހާމައެއްނުކުރެ އެވެ.