Last Updated: June 26, 10:52
Friday, June 26, 2026
ޚަބަރު

ކުރީގެ ކައުންސިލަރު ޝުކުރީ ހެލްތު މިނިސްޓްރީ އަށް

އައްޑޫ ހުޅުދޫގެ ކުރީގެ ކައުންސިލަރު އިބްރާހީމް ޝުކުރީ އަސް ހެލްތު މިނިސްޓްރީގެ އިސް މަގާމެއް ދީފި އެވެ.

ނިމިދިޔަ ދައުރުގައި އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ކައުންސިލަރެއްގެ މަގާމު އަދާކުރެއްވި ޝުކުރީ އަށް ދީފައި ވަނީ ހެލްތު މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވެއްގެ މަގާމެވެ. އަދި އޭނާ އެ މަގާމަށް އައްޔަންކުރީ މި މަހުގެ 1 ގަ އެވެ.

އެނގިފައިވާ ގޮތުގައި ޝުކުރީ ހަމަޖެއްސި މަގާމުގެ ދަށުން އޭނާ މަސައްކަތްކުރައްވާ ގޮތަށް ހަމަޖެހިފައި ވަނީ މި އަހަރުގެ މާޗް މަހުގެ ތެރޭގައި ހުޅުމީދޫގައި "ވިލުނު" ގެ ނަމުގައި ހުޅުވި ޑިޓޮކްސިފިކޭޝަން ސެންޓަރުގެ ވެރިއެއްގެ ގޮތުގަ އެވެ.