މީގެ އަށް އަހަރު ކުރިން ގެނައި އަސްކަރީ ބަޣާވާތާކަށް ފަހު ތައިލޭންޑްގެ ބޮޑުވަޒީރުގެ މަގާމު ދަމަހައްޓަމުން ގެންދެވި ޕްރަޔުތު ޗަން-އޯޗާ މަގާމުން އެކަހެރިކޮށްފި އެވެ.
އެ ގައުމުގެ އެންމެ މަތީ ކޯޓުން މިހާރު ވަނީ މަގާމުގެ މަސްއޫލިއްޔަތު ބޮޑުވަޒީރަށް އަދާ ނުކުރެއްވޭނެ ކަމަަށް އިއްޔެ ކަނޑައަޅައިފަ އެވެ. އެވެ. އަދި މިކަމާ ގުޅޭ ގޮތުން ދެން ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތަކަށް ވެސް ކޯޓުން އަންނަނީ ތައްޔާރުވަމުންނެވެ.
ދެހާސް ސާދައިގައި އަސްކަރީ ބަޣާވާތާކަށް ފަހު، ބޮޑުވަޒީރު ކަމަށް ވަޑައިގަތުމަށް ފަހު، އަސްކަރިއްޔާގެ އެހީގައި 2019 ގައި ބޭއްވި އިންތިހާބަކަށް ފަހު ޗަން، 68، މިހާތަނަށް ގެންދެެވީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަމުންނެވެ. ނަމަވެސް ތައިލޭންޑްގެ ގާނޫނުއަސާސީ ބުނާ ގޮތުން ބޮޑުވަޒީރަށް އަށް އަހަރަށް ވުރެ ދިގު މައްދަކަށް މަގާމުގައި ދެމިއެއްނުހުންނެވޭނެ އެވެ.

ޗަން އަށް ތައިލޭންޑްގެ އެންމެ މަތީ ކޯޓުން ފިޔަވަޅު އެޅި އިރު، އޭނަގެ މައްސަލާގައި އިދިކޮޅު ޕާޓީތަކުން ވެސް ގެންދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން އޭނާއާ ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލަމުން ދިއުމާ ގުޅިގެން މިދިޔަ މަހުގެ ތެރޭގައި ޗަންގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ވެސް ނެގި އެވެ. އެކަމަކު އެ ވޯޓުން އޭނާ ވަނީ ސަލާމަތްވެވަޑައިގެންފަ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ދެން ޗަންއާ މެދު އަޅާ އެންމެ ފަހު ފިޔަވަޅަށް ފަހު، ވަގުތީ ބޮޑުވަޒީރު ކަމަށް ވަޑައިގަންނަވާނީ ޑެޕިއުޓީ ޕްރައިމް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޕްރަތިވު ވޮންގޫވަން، 77، އެވެ.