ހުޅުމާލޭ ފޭސް ދޭއްގެ ސްޓެލްކޯގެ ފްލެޓެއްގެ ބަދިގޭގައި ގޭސް ލީކްވެ، ހިނގި ހާދިސާއެއްގައި އަންހެނަކު ފިހިއްޖެ އެވެ.
އެނގިފައިވާ ގޮތުގައި މިއަދު ހެނދުނު 7:00 އެހާކަށް އިރު ހިނގި ހާދިސާގައި ފިހުނީ 40 ވަރަކަށް އަހަރުގެ މީހެކެވެ. އަދި އެ މީހާގެ ހަށިގަނޑުގެ ބޮޑުބައެއް ފިހިފައިވާ އިރު، ހޮސްޕިޓަލްގައި މިހާރު އަންނަނީ ފަރުވާދެމުންނެވެ. ނަމަވެސް ލިބުނު ގެއްލުމުގެ އިތުރު ތަފުސީލެއް އަދި ނުލިބެ އެވެ.
ގޭސް ލީކްވެފައި ހުއްޓައި އުނދުން ޖެއްސުމުން ހިނގި ހާދިސާގައި ރޯވެ އަންހެން މީހާ ފިނުނު ނަމަވެސް މި ހާދިސާގައި އެޕާޓްމަންޓަށް އެއްވެސް ގެއްލުމެއް ނުވާ ކަމަށްވެ އެވެ. މި ހާދިސާ ހިނގި އިރު، އެ ތަނުގައި ތިބީ އަންހެން އާއި އޭނަގެ ފިރިމީހާގެ އިތުރުން އެ ދެ މީހުންގެ ދެ ކުދިންނެވެ.
މި ހަފުތާގައި ގދ. ރަތަފަންދޫގައި ގޭސް ފުޅިއެއް ގޮވައި ފިހުނު އަންހެނަކަށް ފަރުވާ ދެނިކޮށް މިދިޔަ އާދީއްތަ ދުވަހު މަރުވެފައިވެ އެވެ.