Last Updated: June 26, 10:52
Friday, June 26, 2026
ޚަބަރު

ސިންގަޕޫރްގެ ސަފީރަކަށް ތަސްމީން އައްޔަންކޮށްފި

ޑީއާރްޕީގެ ކުރީގެ ލީޑަރު ތަސްމީން އަލީ ރާއްޖޭން ސިންގަޕޫރަށް ކަނޑައަޅާ ސަފީރުގެ ގޮތުގައި ހަމަޖައްސައި މަގާމުގެ ފަތްކޮޅު މިއަދު އޭނަ އަށް އަރުވައިފި އެވެ.

ތަސްމީނަށް ފަތްކޮޅު ދެއްވީ އެކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް (ރޮޒޭ) ގެ ފިރިކަލުން އަދި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒުގެ ބޭބެ ތަސްމީނަކީ އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ވޯރިކްއިން އިކޮނޮމިކްސްގެ ދާއިރާއިން ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

އޭނާ ސިންގަޕޫރްގެ ސަފީރަކަށް ހަމަޖެއްސި އިރު، މީގެ ކުރިން ފުރުއްވާފައިވާ، ބައެއް މަޤާމްތަކުގެ ތެރޭގައި ހޯމް މިނިސްޓަރުގެ މަގާމާއި އެޓޯލްސް މިނިސްޓަރުގެ މަގާމާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ހިމެނެ އެވެ.

ތަސްމީނަކީ 2008 ގެ ރިޔާސީ އިންތިހާބުގައި ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ރަނިންމޭޓެވެ.

އޭނަ އަށް ސަފީރުކަން ދެއްވި، ތަސްމީންގެ އަނބިކަނބަލުން ވިސާން އަލީ އަކީ މި ސަރުކާރުގައި މެލޭޝިއާގެ ސަފީރުކަން އަދާކުރެެއްވި ބޭފުޅެކެވެ. އޭނަ އެ މަގާމުން އަމިއްލަ އަށް އިސްތިއުފާ ދެއްވީ މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ.

ތަސްމީނަށް ސިންގަޕޫރްހެ ސަފީރުކަންކަން ދޭން މަޖިލީހުން ރުހުން ދިނީ ޖޫން 26 ގަ އެވެ.