އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ މަސްތުވާތަކެތި ނައްތާލުމުގައި އޮބްޒާވަރުންގެ ގޮތުގައި އާންމު ރައްޔިތުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އާންމުންގެ ތެރެއިން އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ނަން ނޯޓުކުރުމުގެ ފުރުސަތު މި މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 10:00 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ފުލުހުން ބުނީ ރަޖިސްޓްރީކުރަ ބޭނުންވާ މީހުން ފުރިހަމާ ނަމާއި، އައިޑީ ކާޑުގެ ނަންބަރާއި، ގުޅޭނެ ފޯނު ނަންބަރު އެނގޭނޭހެން، ޕޮލިސް މީޑިއާގެ މި މެއިލަށް [email protected] މެއިލްކުރަން އެދޭ ކަމަށެވެ.
އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ދޭން ނިންމާފައި ވަނީ ދިނުމަށް މެއިލްކުރާ ތަރުތީބުން ކަނޑައެޅޭ ވަކި މިންވަރަކަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.
މަސްތުވާތަކެތި ނައްތާލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 28 ވަނަ ދުވަހުގެ ހެނދުނު ދޫނިދޫގަ އެވެ.
ފުލުހުން މިހާތަނަށް އަތުލައިގަނެވޭ މަސްތުވާތަކެތި ނައްތައިލަނީ މީޑިއާތަކުގެ ހާޒިރުގަ އެވެ.